ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުގެ ތެރޭގައި ބްރިޖު ނިންމާނުލެވުމަކީ ކަންބޮޑުވުމެއް: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގެ ފާހަގަކުރެވުނު ތިލަމާލެ ބްރިޖް މަޝްރޫއު ދައުރުގެ ތެރޭގައި ނިންމާލެވިފައި ނުވާތީ ކަންބޮޑުވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ސަންގުގެ ހަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަ ދައްކަމުން ޔާސިރު ވިދާޅުވީ، ބުޖިޖު ނިމޭނެ ތާރީހުތަކެއް ކުރިން ކަނޑައެޅިކަމަށާއި، ނަމަވެސް އެ ތާރީހުތަކަށް ނުނިމި ލަސްވުން އެއީ ރައްޔިތުންގެ ހިތުގައި މުޅި ސަރުކާރާއި ދޭތެރޭ އޮތް ކަންބޮޑުވުމެއް ކަމަށެވެ.

ތިލަމާލެ ބުރިޖް މަސައްކަތުގެ އެއްބަސްވުން ގާއިމް ކުރީ 2021 ވަނަ އަހަރުއެވެ. ނަމަވެސް މި މަސައްކަތް އެމްޑީޕީ ސަރުކާރުގެ ފަހު އަހަރު 2023 ގެ ނިޔަލަށް ނިންމަން ތާރީހުތައް ކަނޑައެޅުކަނަ ވެސް މިތާރީހުވަނީ ރައީސް ޑރ، މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ އެއްދުވަސް ކުރިން ބަދަލު ކޮށްފައެވެ. އެގޮތުން  ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދައުރު ހަމަވާން އެއް ދުވަހަށް ވެފައިވަނިކޮށް ތިލަމާލެ ބުރިޖުގެ އެއްބަސްވުން އައުކޮށް، އެ މަޝްރޫއު ނިންމާ ތާރީޚް ކަމަށް 2026 ކަނޑައަޅާފައި ވެއެވެ.

ބުރިޖް ލަސްވުމަކީ ހަގީގަތުގައިވެސް ކަންބޮޑުވުން އޮތް ކަމެއް

މި މަގު 23 ވަނަ ދުވަހު ނުސްވެރިންނާއި ބައްދަލުކޮށް މި ސަރުކާރުގެ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ކޮންސްޓްރަކްޝަން ވަޒީރު ޑރ. އަބުދުالله މުއްތަލިބު ވިދާޅުވީ ބްރިޖުގެ މަސައްކަތް އެންމެ ކުރިން ޕްލޭން ކުރެވުނު ގޮތަށް ކުރިއަށް ދެވުނު ނަމަ، ނިމެންޖެހޭ ތާރީޚާއި, އަދި މިހާރު އެ މަސައްކަތް ކުރިއަށް ގޮސްފައިވާ ތާރީޚަށް މަސައްކަތް ނިމޭނެ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި އެ މަސައްކަތް ލަސްވުމުގައި ކުރީ ސަރުކާރާއި އެފްކޮންސްގެ ފަރާތުންވެސް ޝަކުވާތައް ހުށަހަޅާފައިވާ ކަމަށެވެ. ޚާއްސަކޮށް އެފްކޮންސް އިން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރި ދަތިތަކާއި ގުޅިގެން ގިނަ ޝަކުވާތަކެއް ކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ ޝަކުވާ ތަކަށް ބަލައި، ކުރީ ސަރުކާރު ނިމެން ކައިރިވެފައި ވަނިކޮށް އެކުންފުންޏާއި އެކުވެފައިވާ އެއްބަސްވުން އަލުން އާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖު ނިންމާނެ ކަމަށް ކުރީ ސަރުކާރުން އެކި ތާރީޚް ދީފައިވެއެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ތާރީހުތަކަށް ބަދަލު ގެނެސް އެންމެ ފަހުން ދިން ތާރީޚަކީ 27 މެއި 2024 އެވެ. ނަމަވެސް އެ މަޝްރޫއުގެ މިހާތަނަށް ނިމިފައިވަނީ ޖުމްލަ 29 އިންސައްތަ މަސައްކަތް ކަމަށް މި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަކުން، އެ ބްރިޖްގެ ކޮލިޓީއާމެދު ކަންބޮޑުވާފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ.

ދުވަސްތައް ފާއިތުވެ ބުރިޖް ނިމުން ލަސްވިނަމަވެސް ޔާސިރުވެސް ފާހަގަ ކުރެއްވީ ބުރިޖްގައި ކޮލެޓީގެ މައްސަލަ ތަކެއް ނެތް ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އިދިކޮޅުގައި އޮތް އިރު ބުރިޖު ކޮލިޓިއާއި ގުޅުވައިގެން ވާހަކަތައް ދެއްކި ކަމަށާއި، އޭރު އެ ދެއްކި ވާހަކަތަކަކީ ކޮންމެހެން ދަތުރު ފަތުކުރުމަށް އެޅޭނެ ހުރަސްތަކަކާއި، ހުރެގެން ދެކެވުނު ވާހަކަތަކެއް ނޫން ކަމަށެވެ.

ޔާސިރު ވިދާޅުވީ، އެއީ ސިޔާސީ ގޮތުން އޭރު ދެއްކި ވާހަކަތަކެއް ކަމަށެވެ. ޔާސިރު ފާހަގަކުރެއްވީ މަސައްކަތް ގޮސްފައިވާ ހިސާބުން މަސައްކަތް އަވަސް މުސްތަގުބަލެއްގައި ނިމޭތަން ރައްޔިތުން ފެނިގެންދާނެ ކަމަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: