ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީން ނިންމީ ނަޝީދު ފެކްޝަނުގެ މެމްބަރުން ކޮމިޓީ މުގައްރިރުކަމުން ވަކިކޮށް، ފިޔަވަޅު އެޅުމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ، ވަކި ސިޔާސީ ހަރަކާތެއް ހިންގައި ޕާޓީގެ ނިންމުންތަކާއި ސީދާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޕާލިމަންޓް މެމްބަރުންނަށް ފިޔަވަޅު އަޅައި 4 މުގައްރިރަކު މަޖިލީހުގެ ކޮމިޓީތަކުން ބަދަލު ކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ފިކުރެއްގެ ދިރުމުން މަސައްކަތް ކުރަމުންދާތީ، މަޖިލީހުގެ 4 ކޮމެޓީ އަކުން މުގައްރިރުން ބަދަލު ކުރުމަށެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކުގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މިހާރު ބައިވެރިއެއް ނުވެއެވެ.

ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް  މީގެ ކުރިން ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ގޮވާލާފައެވެ.  އަދި މިވަގުތަށް އެ ފިޔަވަޅު އެޅުން ކޮންމެހެން ވެސް މުހިންމުކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

ރަސްމީކޮށް އެ މައްސަލަ ފުރަތަމަ ފަހަރަށް ހުށަހަޅުއްވާފައި ވަނީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީ އެވެ.

ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި މުޣުނީ ފޮނުވި ސިޓީގައި ވަނީ ރައީސް ސޯލިހާއި ދެކޮޅަށް ޕާޓީގެ ތެރެއިން އެކި ގަރާރުތައް ހުށަހަޅައި ކޮމިޓީތަކުގައި ވެސް ހަމަ އެ ރޫހުގައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެހެންވެ މުޣުނީ އެދިފައި ވަނީ ފިކުރެއްގެ ދިރުންގެ ނަމުގައި ވަކި ގުރޫޕެއް ހަދައި ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުން ޕާޓީގެ ސްލޮޓުތަކުން މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަކިކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.

ސިޓީގައި ވަނީ ފިކުރެއްގެ ދިރުންގެ ބައެއް ބޭފުޅުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ތިއްބެވިކަމަށެވެ. އެހެންކަމުން އެ މަގާމްތަކުން އެމީހުން ވަކިކުރުމަށް މުޣްނީ ވަނީ އެދިފައެވެ.

ފިކުރެއްގެ ދިރުމުގެ ފަރާތުން މީގެ ކުރިން ބޭއްވި ޕީޖީ ގްރޫޕް ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސާލިހް އަދި އެމްޑީޕީ އާއި އެކު ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ކަަމަށާއި ކުރާނެ އިތުރު މަޝްވަރާ އެއްވެސް ނެތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ކެންޑިޑޭޓެއް ނެރުމުގެ ހިޔާލު ރައީސް ނަޝީދު ވަނީ މީގެ ކުރިން ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ހިތްހަމަ ނުޖެހުމުގެ އަސަރު ޕާޓީއަށް ފޯރަމުންދާއިރު ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ޕާޓީތެެރެ ފުނޑާލުމަށް ކުރާ މަސައްކަތްތައް ނާކާމިޔާބު ކޮށްލާނެ ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން ދާދި ފަހުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމުން، އިންތިހާބު ކާމިޔާބު ކުރީ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ނޫން ކަމަށްވެސް ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: