ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީކޯލް ކުރެވޭނެ މަގުފަހިކޮށްދިނުން ވެސް މުހިންމު: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެންޓި ޑިފެކްޝަން ބިލާއިއެކު މެމްބަރުން ރީކޯލް ކުރެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދީފައި އޮތުންވެސް މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒްވަނީ އެމްޑީޕީއިން ގިނަ އަދަދެއްްގެ މެމްބަރުން ޕީއެންސީއަށް ބަދަލުވުމާއިއެކު ހުށައަޅާފައިވާ އެންޓިޑިފެކްޝަން ބިލަށް ޑިމޮކްރެޓްސްގެ ތާއީދު ލިބިގެންދާނެކަން ހާމަކުރައްވާފައެވެ.

އިމްތިޔާޒް ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރަކީ މިއަދު ދެކޮޅު ހެދެން ނެތް ހަގީގަތެއްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށްވުރެ ވަކި ބޮޑު ހަގީގަތެއް ނެތްކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ވަދެފައިވާކަމަށް ހިއްސާކުރެއްވިއެވެ.

އެހެންކަމުން އެފަދަ ކަންކަމުގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް އޮންނަ ރައްޔިތުންގެ މަޖިލީސްވެސް ކޮރަޕްޓުވެއްޖެ ހާލަތެއްގައި އެއަށްވުރެ ބިރުވެރި ކަމެއް ނޯންނާނެކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހަށް ވާދަކުރައްވާ ބައެއް ބޭފުޅުންނާއި މިހާރުވެސް ވަޑައިގެންތިއްބެވި ބައެއް ބޭފުޅުންނަށް އެއީ ބޭނުން ހިފާލަން ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފެނިވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް މީހުން މަޖިލިސް ދެކެނީ ހިޔާނާތާއި ވައްކާމާއި ރިސޯޓުތަކާއި ފަޅުރަށްތައް ފަދަ ކަންކަމާއި ތަކެތި ހޯދާލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައިކަމަށެވެ. އަދި ބައެއް މެމްބަރުން ދެވަނަ ފަހަރަށް ގޮނޑިއަށް ވާދަކުރައްވާއިރު، ބޮޑެތި ބިލުތަކުގެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވަނީވެސް އެ ސަބަބާއި ގުޅިގެންކަމަށް އަލިއެޅުއްވިއެވެ.

އިމްތިޔާޒް ވިދާޅުވީ، ބައެއް މެމްބަރުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވަކާލާތުކުރެއްވުމަށްވެސް މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވާނެކަމަށެވެ. އަދި ފަސް އަހަރުގެ ދައުރެއް އެގޮތުގެ މަތިން އަމަލުކުރެއްވުމުގައި ހޭދަކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނެއް ހަދާއިރު ވިސްނާލަން ޖެހޭ ބައެއް އެހެން ކަންކަން ހުރިކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ ލީޑަރުން އެ ޕާޓީގެ މެމްބަރެއް ވަކިކޮށްލުމުން މަޖިލީހުގައި ތަމްސީލުކުރައްވާ ގޮނޑި ގެއްލިގެންދާ ގޮތަށް އޮތުން ހާ ފަސޭހަ ގޮތަކަށް މެމްބަރުން ވަކި ކުރުން ފަދަ ކަމެއް އޮވެގެން ނުވާނެކަމަށްވެސް ވިދޅާުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަނީ ޕާޓީތަކަށް ނިސްބަތްނުވާ މެމްބަރުންގެވެސް ވޯޓާއިއެކުކަމަށެވެ. އެހެންކަމުން މެމްބަރާއިމެދު އިތުބާރު އޮތްތޯ ނެތްތޯ ރައްޔިތުންގެ ގާތު އަހާލާ ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ދޭންޖެހޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަންކަން ހައްލުވެގެންދާނީ ރީކޯލް ކުރެވޭނެ ގޮތަކަށް ރައްޔިތުންނަށް ފުރުސަތު ފަހިވެފައި އޮންނަ ގޮތަށް މެމްބަރުން ވަކި ކުރުމުގެ ސިޔާސަތުތައް އެކުލަވާލުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: