ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ދުއްވާލީ ކަންނެތްކަމުގައި: އިމްތިޔާޒް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ގެންނަންޖެހޭ ބަދަލުތަކަށްށާއި އަދި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި އެޑްރެސް ކުރުމެއްނެތި ފަސް އަހަރުގެ ދައުރެއް ކަންނެތްކަމުގައި ދުއްވާލި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިމްތިޔާޒް ވިދާޅުވީ ދިވެހި ރައްޔިތުންނާއި އަދި ރާއްޖެ ތަމްސީލު ވާގޮތަށް މަޖިލިސް އެކުލާވާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކަވަޑައިގަންނަވާ ކަމަށެވެ. އަދި ނުކުޅެދޭ މީހުންނާއި އަންހެނުން ތަމްސީލު ވާގޮތަށް ކަންކަން ބަހައްޓަންޖެހޭކަމަށް ވިދާޅުވިއެވެ.

ރައްޔިތުންމަޖިލީހުގެ ސައިޒަށް އަންނަ ބަދަލަށް ގޮތެއް ނިންމަން ޖެހޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށްވެސް ހައްލެއް ނުގެނެވޭ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުނަނަށް ކަމުދަނީ ކޮން ނިޒާމެއްތޯ ބަލަން އެމްޑީޕީއިން ބޭނުން ނުވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ބުނަމުން ދިޔައީ ބަރުލަމާނީ ނޫންގޮތެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އިމްތިޔާޒް ވިދާޅުވީ ބަރުލަމާނީ އަކީވެސް ރިޔާސި އަކީވެސް ނިޒާމެއްކަމަށެވެ. ނިޒާމުތަކަކީ އެންމެން ގެ އެއްޗެށް ކަމަށާއި އެހެން ނަމަވެސް ރައީސް ސާލިހަކީ އެންމެންގެ “އެއްޗެއްނޫން” ނޫން ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ސާލިހްއަކީ ނިޒާމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ބާރުވެރިކަން އޮވެވެސް ވެރިކަން އަތުން ދިޔައީ އެއްވެސް ޕްލޭނެއް ނުވަތަ ސްޓްރެޓެޖީއެއް ނެތުމުން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އިމްތިޔާޒް އެދިވަޑައިގަތީ ރައްޔިތުންނަށް ވިސްނާލުމަށެވެ. ވެރިކަމުގެ ސުޕަރ ޕަވާގެ ދަށުން ވެސް ކަމެއް ނުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯލިޝަންވެސް ގެއްލުނީ ލީޑަރޝިޕެއް ނެތުމުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: