ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މިސްރާބު އޮޅުނީ ރައީސް ނަޝީދު ނެތީމަ: އިންތި

ސަންގު ބަހުސްގައި އިމްތިޔާޒް ފަހުމީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މިސްރާބު އޮޅިފައިވާކަމަށާއި އެކަން ދިމާވެފައިވަނީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންކަމާއި ހަވާލުވެ ނެތުމުންކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަދި އެމްޑީއޭގެ ކޯލިޝަން ރޫޅިފައިވުމާއިއެކު، އެކި މީހުންދަނީ އެ ޕާޓީއަށް ފާޑުކިޔަމުންނެވެ. އެމްޑީޕީއަށް ކުރިމަތިވެފައިވާ ދަތުރަށް އަލިއަޅުއްވައި އިމްތިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް، މި އޮޑިއެއް ނުފެތޭނެ، ބެލްޓު އަޅުއްވާ ބާރަށް، ވެއްޓޭ އިރަށްވުރެ ބާރަށް ތެދުވެ ދުއްވައިގަނޭ ފަދަ ޝިޔާރުތައް އެމްޑީޕީއިން އަދިވެސް ބޭނުންކުރާކަމަށެވެ.

އޭނާ ވިދާޅުވީ، އެ ބަސްކޮށާރަކީ އެހެން މީހަކާއި ގުޅިފައިވާ އެއްޗެއްކަމަށެވެ. އަދި އެ މީހާ މީހާރު އެމްޑީޕީގައި ނެތްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަށް ވީގޮތެއްވެ މިސްރާބު އޮޅިފައިވަނީ ރައީސް ނަޝީދު ޕާޓީގެ ހުންގާނުގައި ނެތުމުންކަމަށެވެ.

އެމްޑީޕީ ހާލުގަ ޖެހިފައިވާކަމަށް ސިފަވާ ފަދަ ގޮތަކަށް އިމްތިޔާޒް ވާހަކަދައްކަވާފައިވާއިރު، ޑިމޮކްރެޓްސް އަދި އެމްޑީޕީ ދެމެދު އެއްބަސްވުންތަކެއް ގާއިމުކުރުމަށް ދާދި ފަހުން މަސައްކަތްތައް ކުރެވިފައިވެއެވެ. އެގޮތުން ރައީސް ނަޝީދު އަދި ރައީސް ސާލިހު ވަނީ ބައްދަލުކުރައްވާފައެވެ. އެހެންނަމަވެސް އެ ބައްދަލުވުންތަކުގެ ތެރެއިން ކުރިއެރުމެއް ލިބިފައިވާކަމަށް ފާހަގަނުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: