ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ފެނުނީ ފެނަކައިން ރައްޔިތުން ހާލުގައިޖެއްސުމުގެ ނަތީޖާ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ރިޔާސީ އިންތިހާބުން ފެނިގެންދިޔައީ ފެނަކައިން ރައްޔިތުން ނިކަމެތި ހާލަތަކަށް ގެނައުމުގެ ނަތީޖާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުން ހިއްސާވާ ކުންފުނިތަކުގައި އުފެއްދީ ޖުމުލަ 18676 ވަޒީފާކަން ޕީސީބީގެ އެން،މެ ފަހުގެ ރިޕޯޓުތަކުން ދައްކާކަމަށެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ނިމިގެންދިޔަ އިރު އެމްޑީޕީއިން 32566 ވަޒީފާ އުފެއްދިކަމަށާއި 2023 ވަނަ އަހަރަކީ އިންތިހާބީ އަހަރުކަމަށްވުމުން އުފައްދާފައިވާނެ ވަޒީފާތަކުގެ އަދަދާއިމެދު ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، 2022 ވަނަ އަހަރުގެ ކުރިއަށް ވަޒީފާތައް އުފައްދާފައިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި ގުޅިގެންކަމަށާއި ރިޔާސީ އިންތިހާބާއި ގުޅިގެން އުފެއްދި އަދަދުތައް އެނގޭނީ ރިޕޯޓުތައް އައުމުންކަމަށެވެ. އިމްތިޔާޒް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން އެ ދުވަސްތަކުގެ ތެރޭގައި އިންތިހާ ގިނަ އަދަދެއްގެ ވަޒީފާ އުފައްދާފައިވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުން ދީފައިވާ ގެއްލުމެއްކަމަށާއި އެހެންނަމަވެސް އެކަމުން ހާސިލުކުރެވުނު ނަތީޖާއެއް އޮތްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އެކަމުން ނުކުތް ނަތީޖާއެއް ނެތްކަމަށާއި އެމްޑީޕީ ވެރިކަމުގައި އޮވެ ބަލިވީވެސް އެކަމުގެ ސަބަބުންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބަލިވުމަކީ އެންމެން ގަބޫލުކުރާ ހަމަތަކާއި ދިމާ އިދިކޮޅަށް ކަންކަން ކުރުމުގެ ނަތިޖާކަމަށެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ސަރުކާރުން 1976 ޕްރޮޖެކްޓު ހިންގާފައިވެއެވެ. އެހެންނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމިގެންދިޔައިރު، ނިމިފައިވަނީ 541 މަސައްކަތެއްކަމަށާއި 55 ފަސް މަޝްރޫއުއެއް ހުއްޓިފައިވާއިރު، 37 މަސައްކަތެއް މަޑުޖެހިފައިވާކަމަށްވެސް ސަރުކާރުގެ މައުލޫމާތު ބުނާކަމަށް އިމްތިޔާޒް ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ އެއީ “ސުމެއް ނޫންތޯ” އާއި ރިޔާސީ އިންތިހާބުގައި ދެއްކީ އިސްވެ ދެންނެވި ކަންކަމުގެ ނަތީޖާ ނޫންތޯ ސުވާލު ކުރައްވާފައެވެ. އިމްތިޔާޒް ވިދާޅުވީ ކުޑަރަށެއްގައި ސާޅިހަކަށް އާއިލާ އޮންނަ އިރު ސާޅީސް އާއިލާއަށް ސާޅީސް ވަޒީފާއަށްވުރެ ގިނައިން އުފައްދާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ދީފައިވަނީ ދާއިމީ ވަޒީފާތަކެއް ނޫންކަމަށާއި ވަޒީފާ ދިނުމަށްފަހު އިންތިހާބުތަކުގައި ވޯޓު ނުދީފި ނަމަ ވަޒީފާއިން ވަކި ކުރާނެކަމަށް ބުނެ އާއިލާތަކަށްވެސް ބިރުދައްކާފައިވާކަމަށެވެ. އަދި ރިޔާސީ އިންތިހާބުން ފެނިގެންދިޔައީ ރައްޔިތުން ނިކަމެތި ހާލަތަކަށް ގެނައުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: