ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ދައްކަނީ މަރަށް ތެޅޭ މީހުން ދައްކާ ކަހަލަ ވާހަކަ: އިމްތިޔާޒް

އިމްތިޔާޒް ފަހުމީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލަމުންދިއުމާއިއެކު ބައެއް ކަންކަން އަލުން ތަފްސީލުކޮށްދެއްވަމުން ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވުމާއިއެކު، ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އިއުލާނު ކުރައްވަމުންދަނީ މުޅިން ވެސް މެނިފެސްޓޯގައި ލިޔެފައި ހުރި ކަންތައްކަމަށެވެ. އަދި އެއީ ބަޔަކު މީހުން ހަގީގަތް އޮޅުވާލަމުންދިއުމާއި ގުޅިގެން އަމަލުކުރައްވަމުންދާ ގޮތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ވާހަކަތަކަށް އަލިއަޅުއްވައި އިމްތިޔާޒް ކުރެއްވި އެކްސްއެއްގައި ވަނީ ރައީސް ސާލިހުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން ރައީސް ސާލިހުގެ ފަސް އަހަރުގެ ދައުރު ނިމުމުން ނުނިމި ކުރި މަސައްކަތްތައް އިއުލާނުކުރާކަމަށް އޭނާ ފާޑުވިދާޅުވިއެވެ. އަދި ރައީސް ސާލިހު ދައްކަވަމުންދަނީ ބޮޑާވެ އުޅުއްވުމަށްފަހު، މަރަށް ތެޅެމުންދާ މީހަކު ދައްކާނެ ފަދަ ވާހަކަތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިމްތިޔާޒް ވިދާޅުވީ، ރައީސް ސާލިހު ނޫން ގޮތެއް ހޯދަން ޖެހިފައިވާކަމަށެވެ. މީގެ އިތުރުން އޭނާވަނީ އެމްޑީޕީގެ ކޯލިޝަން ޕާޓުނަރެއްކަމަށްވާ އެމްޑީއޭ ކޯލިޝަނުން ވަކިވެފައިވާކަމަށް އަލިއަޅުއްވާވެސް ރައީސް ސާލިހަށް ފާޑުވިދާޅުވެފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: