ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަތް ދަށުގައި މިފްކޯ އޮވެގެން ދުވަހަކުވެސް މަސްވެރިަކން ކުރިއަކަށް ނުދާނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަން، ބަލަހައްޓާ ނިޒާމް މިފްކޯގެ އަތް ދަށުގައި އޮވެގެން ކުރިއަށް ނުދާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގުރާމްގައި މަސްވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުން ހިންގާ ކުންފުއްޏެއްގެ ގޮތުގައި މިފްކޯ އޮވެ އެއްގޮތަކަށްވެސް މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ރައްޔިތުންނަނަށް އޭގެ ފައިދާ ހުރި ގޮތަކަށް އަމަލުވެސް ނުކުރާ ކަމަށެވެ. އަދި ސަރުކާރުތަކަށް ކުރެވޭ މިފަދަ ތުހުމަތު ތަކާއި، ބަޖެޓް އެކުލަވާލުމުގައި އަމަލު ކޮށްފައިވާ ގޮތުން ވެސް ވަރަށް ބޮޑަށް މިކަން ސާފްވާން އެބަ އޮތް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރި ނައަރަނީ ސަރުކާރުން އަމަލު ކުރާ ގޮތުން ކަމަށެވެ. ނަމަވެސް މިހާރުވެސް އާންމުން ހިންގާ މަސްފެކްޓްރީތައް މާރަނގަޅަށް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ. އިބްރާހީމް ރަޝިދު ވިދާޅުވީ ހިންގުންތެރިކަމާއި ވިސްނުންތެރިކަމާއި އެކު މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރެވޭނަމަ މަސްވެރިކަންވެސް ކުރިއަރައިދާނެ ކަމަށެވެ.

ނަމަވެސް މަސްވެރިކަމުގެ ސިނާއަތުގެ ތެރެއަށްވެސް ވަދެފައިވަނީ ކޮރަޕްޝަނާއި ވައްކަން ކަމަށްވާތީ އެ ސިނާއަތްވެސް ވަޅު ޖެހޭތަން ދަނީ ފެންނަމުން ކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް މިފްކޯ މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވީ ބަޖެޓްގައިވެސް އޮތީ ކޮރަޕްޝަން ކަމަށާއި، މި މަގުން ހިނގާމަނަމަ އެއްވެސް ވަރަކަށް ކަންތައްތަކެއް ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

އާންމު ގޮތެއްގައި ވިޔަފާރިއާއި މިފަދަ ކަންކަންމުގައި ޖީބަށް ބަރުވާ ގޮތަށް ކަންތައްތައް ކުރެވޭތަން ފެންނަ ކަމަށާއި، އެއީވެސް ކޮރަޕްޝަން އޭގައި ހިމެނޭ ކަންތައްތައް ކަމަށެވެ. ނަމަވެސް މަސްވެރިކަމާއި ޓޫރިޒަމާއި އާންމުންނާއި ގުޅުން ހުރި ކަންކަންކަމުގައި އާންމުންގެ ހިއްސާ އޮންނަ ގޮތަށް ކަންކަން ތަރުތީބު ކުރެވިފައިވާނަމަ އެކަންކަން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މިކަންކަން ތަަރުތީބު ވެފައިވަަނީ އެއްވެސް ވަރަކަށް އާންމުންގެ ހިއްސާ ހިމެނޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ފަސާދައާއި ވައްކަން މިއީ އާންމު ވެފައިވާ ކަމެއް ކަމަށާއި، މި ކަންކަން ވަރަށް ބޮޑަށް ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު ފާހަގަވެފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަންކަން ރަނގަޅުނުކުރެވި އޮއްވާ އެންޓިކޮރަޕްޝަން ކޮމިޝަން އޭސިސީން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއަށް ވަންތަން ފެނިގެންދިޔަ ކަމަށެވެ.

އެއީ ވެސް ކޮރަޕްޝަން ހުއްޓުވުމަކަށް ކުރެވުނު ކަންތައްތަކެއް ނޫން ކަމަށާއި، އެއީވެސް ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ފޮރުވަން ކުރި މަސައްކަތެއް ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބަޖެޓާއި، ހަވާލުވާނެ ބަޔަކު ނެތްކަމަށް ވެސް އިބްރާހީމް ރަޝީދު ވިދާޅުވެފައި ވެއެވެ. އަދި މިހާރު އެކުލަވާލާފައިވާ ބަޖެޓަކީ ފޭރޭ ބަޖެޓެއްގެ ގޮތަުގައި ސިފަ ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަސްވެރިކަމުގެ ނަމުގައި ޖީބަށް ބަރު ނުކޮށް އަމިއްލަ މީހުންގެ ހިއްސާވެސް އޮންނަ ގޮތަށް މަސްވެރިކަށް ނަފާވާނެ ގޮތަށް މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މަސައްކަތް ކުރިނަމަ މިފަދަ މަންޒަރުތަކެއް ފެނިގެން ނުދާނެ ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: