ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކުރަން ދެކޮޅު ހަދަނީ ހީލަތްތެރި ރޭވުމެއް އޮތީމަ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުންދަނީ ހީލަތްތެރި ރޭވުމެއްގެ ދަށުންކަން ސާފުކޮށް ފެނިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް ޕީޕީއެމް ޕީއެންސީ މަސައްކަތް ކުރާތީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް އިންތިހާބުގެ ކަންކަން އިންތިޒާމު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ.

އެހެންނަމަވެސް އެއް އިންތިހާބުގެ މާޔޫސްކަމުގެ ތެރޭގައި ރައްޔިތުން ތިއްބާ ގާނޫނު ބުނާކަމަށް ބުނެ އީސީން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން ދަނީ ރަމަޟާން މަސް ތެރޭގައި ބޭއްވެން ނެތްކަން މަޖިލީހުން ހިއްސާކޮށްފައިވާއިރުކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ، އެ ދުވަސްވަރު މެންދުރު ފަހުގެ ވަގުތުތައް މީހުން ހޭދަކުރާނީ އާއިލާތަކާއި އެކުގައި ރޯދަވީއްލުމަށް ތައްޔާރީތައް ވުމާއި އަޅުކަން ކުރުން ފަދަ ކަންކަމުގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެ ވަގުތު ގޮސް ވޯޓު ފޮށިތައް ކައިރީ ހުސް ބަނޑާ ތިބޭނީ ކޮން ގޮތަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން މީހުން ވޯޓުލާން ނުނުކުންނަ މިންވަރު މަދުވުން އެކަށީގެންވާކަމަށެވެ.

އޭނާ ވިދާޅުވީ، ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނެރެން މަސައްކަތްކުރުމަކީ އީސީގެ އެންމެ ބޮޑު ޒިންމާކަމަށެވެ. އެހެންކަމުން އީސީގެ ރައީސް ފުއާދު ތައުފީގް އިންތިހާބު ރޯދަމަހުގެ ތެރޭގައި ބޭއްވުމަށް ބާރުއަޅުއްވަމުންދިއުމުން ހައިރާންވެވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ. އިބްރާހިމް ވިދާޅުވީ، ކޮންހެންވެސް ބާއްވަން ޖެހޭކަމަށް ބުނަމުންދާއިރު މިއީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރެވިގެންދާ ކަމެއްކަން ސާފުކޮށް ފެނިވަޑައިގަންނަވާކަމަށާއި ހިންގަވަމުންދާ އަމަލުތަކާއިމެދު ފުއާދު ވިސްނާވަޑައިގެންނެވުމުން މުހިންމުކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނީ ވާޖިބެއްކަމަށް ފުއާދު ވިދާޅުވާއިރު، ގާނޫނު ހަދަނީ ރައްޔިތުންކަމަށެވެ. އަދި ގާނޫނުތައް އެކުލަވާލަނީ ގިނަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާތައް ލިބިގެންދާ ގޮތަށްކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، ގާނޫނުތައް ތަންފީޒުކުރަނީ ގިނަ ރައްޔިތުންނަށް ބައިވެރިވުމާއި ހައްގުތައް ލިބިގެންދާ ގޮތަށްކަމަށެވެ. އޭނާ ވިދާޅުވީ، މިއީ “ވަހީއެއް” ނޫންކަމަށާއި އެހެންކަމުން ގާނޫނެއްގައި އޮތްކަމަށް ބުނެ ބާއްވަން އުޅުން ބަލައިނުގަނެވޭކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުންވަނީ ލަސްކުރުމަށް ނިންމާފައިކަމަށްވާއިރު ރައީސް އޮފީހުންވަނީ ބިލު ތަސްދީގުނުކޮށް ހިފަހައްޓާފައިކަމަށެވެ. އެހެންނަމަވެސް ރައީސް އަތުގައި އޭތި އޮންނާނީ ވަކި މުއްދަތެއްވަންދެންކަމަށާއި އެއަށްފަހު މަޖިލީހަށް އައުމުން ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރާނެކަމުގެ ޔަގީންކަން އޭނާ އެރުއްވިއެވެ.

އިބްރާހިމް ވިދާޅުވީ، މެމްބަރެއްގެ ގޮނޑި ގެއްލުމުން އެމިހާގެ ގޮނޑި މެމްބަރުންގެ ޖުމުލަ އަދަދު ގުނާއިރު، ނުހިމެނުމަށް ނިންމުމާއިއެކު މިހާރު ސުޕްރީމް ކޯޓުން އެކަމަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މަޖިލީހުން ގެންނަ ބަދަލެއް ބެލުމަށްފަހު އެކަމެއް ހުއްޓުވުމަށް އަމުރެއް ނެރުމަށް ތައްޔާރުވަމުންދާކަމަށް ސިފަކުރެއްވިއެވެ.

އިބްރާހިމްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އިސްތިއުނާފުގެ މައްސަލަ ލަސްވެފައިވާކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އިންސާފުންކަމަށް ގަބޫލުކުރެއްވުނުކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންއަށް ހުކުމް ކުރުމާއި ސުޕްރީމް ކޯޓުން ކުއްލިޔަކަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރުވާލުމާއި ގުޅިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އަދީބު ފުރުވާލީ ޑިޕްލޮމެޓިކް ޕާސްޕޯޓަކާއި ދެފަޅުވެސް ދިނުމަށް ފަހުކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމާއި އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުގެ ތެރޭގައިވެސް ވަރަށް ބޮޑެތި މައްސަލަތައް ހުރިކަމަށް ގަބޫލުކުރައްވާކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ތަހުގީގުކުރަން ޖެހިފައިވާ ބޮޑެތި މައްސަލަތައްކަމަށާއި ރާއްޖޭގެ ސަރުކާރަކުންވަނީ ދިވެހި މާލިއްޔާތު ހުސްކޮށްލި މީހަކު ގައުމުން ބޭރަށް ފުރުވާލާފައިކަމަށް ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: