ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް އިންތިހާބު ފަސް ކުރުމުގެ ބިލު ތަސްދީގު ނުކުރައްވާނެކަމުގެ އިޝާރާތެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހަށް ފަހު އިންތިހާބު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގު ނުކުރައްވާނެކަމުގެ އިޝާރާތެއް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްހައްމަދު މުއިއްޒު ދެއްވައިފި އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ ހއ. އަތޮޅުގަ އެވެ. ބާރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަައިގައި މިއަދު ރައީސް ވިދާޅުވީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު އޮންނާނެކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ އެދުމަކީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓު ދެއްވުން ކަމަށެވެ. ރައީސް ވަނީ މީގެ ކުރިން ވެސް ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުފުޅުގައި ވެސް ހަމަ މިފަދަ އިޝާރާތެއް ކުރައްވާފަ އެވެ.

ބިލު ތަސްދީގު ނުކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ކުރެއްވިއިރު، ގާނޫނުއަސާސީން ރައީސަށް ލިބިދޭ، 15 ދުވަސް މާދަމާއަށް ހަމަވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބު ރޯދަ މަހު ބޭއްވުން ނޫން ގޮތަކަށް ތާރީހުތައް ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.

ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅައި، މަޖިލީހުން އެގޮތަށް ފާސްކުރީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. އެ އިސްލާހުގައި ވަނީ، ރޯދަ މަހަށް އިންތިހާބު ދިމާވާނަމަ، 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

މި ބިލު ފާސް ކުރިއިރު ރައީސް މުއިއްޒު ހުންނެވީ ދުބާއީ ދަތުރުފުޅުގަ އެވެ.

ރޯދަ މަހު އިންތިހާބު އޮންނާތީ، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެކަމުގައި ގޮތެއް ނިންމުން އޮތީ މަޖިލީހުގެ އަތްމަތީ ކަމަށެވެ. އަދި އެކަން ގައުމީ ލަފާދޭ ކޮމިޓީގައި ފާހަގަކޮށް ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ކުރީ ރޯދައަށް ފަހު އިންތިހާބު ބޭއްވުމަށެވެ. އެއީ ވޯޓުލާން ނިކުންނާނެ މީހުންގެ އަދަދު ދަށްވެދާނެކަމަށް ބެލެވޭތީ އާއި، އާންމު އާދަތަކާދަތައް ހުންނަ ގޮތުން ރޯދަ މަހު އެހެންކަމެއްގައި މަސްއޫލުވެ އުޅުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ފެންނާތީ އެވެ.

އޭރު އެކަމަށް ސަރުކާރުގެ މައި ދެ ޕާޓީ ވެސް ތާއީދުކޮށް ވާހަކަ ދެއްކިއިރު، ފަހުން މަޖިލީހުގައި ވޯޓާއި ހަމައަށް ދިއުމުން މެމްބަރުން ވޯޓު ދިނީ ބިލާ ދެކޮޅަށެވެ. އަދި ކޮމިޓީ ރިޕޯޓަށް ވެސް އެ ބައްދަލުވުބުމުގައި ސަރުކާރު މެމްބަރުން ވޯޓު ނުދެއްވަ އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: