ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސް ނުކުރާނަމަ، ވޯޓު މޮނީޓަރ ކުރަން އީސީއަށް ޖާގައެއް ނެތް: ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަންދޫބުންތަކެއްގެ ނިންމުމާ އެއްގޮތަށް ވޯޓުލުން ފަސް ނުކުރާނަމަ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް މަޖިލިސް އިންތިހާބުގެ ކަންކަން މޮނީޓާރ ކުރުމަށް ތިބެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހަށް ދިމާވާނަމަ، ހަ ރޯދައަށް ފަހު ވޯޓުލުން ކުރިޔަށް ގެންދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ނުވާތީ އެކަމަށް ސިޔާސީ ޕާޓީތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި ވޯޓުލުމާ ދެމެދު ބާކީ މަދު ދުވަސްކޮޅެއް އޮތް އިރު، ރައީސް ބިލު ތަސްދީގު ކުރައްވާ ހާލަތެއްގައި ވޯޓުލުން އޮންނާނީ ރޯދަ މަހަށް ފަހުކަމަށްވުމާއި އެކު ކެންޑިޑޭޓުން ވެސް ތިބީ ވާނުވާއެއްގެ ތެރޭގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ވެސް އެމަނިކުފާނު ގެންދަވަނީ، އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ގައިކަމަށް ވިދާޅުވަމުންނެވެ. މި މައްސަލައިގައި ރޭ ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަންދޫބުންގެ ބަހަކީ ރޯދައަށް ފަހު އިންތިހާބު ބޭއްވުން ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މިހާރު ކުރިޔަށް ގެންދާ މަޖިލިސް ބަހުސް މެދުވެރިކޮށް ރައްޔިތުންނަށް ލިބޭ އެއްވެސް މައުލޫމާތެއް ނެތްކަމަށް ބުނެ ވެސް ފާޑުވިދާޅުވެފަ އެވެ. އަވަސް އަރުވާލައި ކުރިޔަށް ގެންދާ އެ ބަހުސްގެ ސަބަބަބުން ލިބެނީ ގެއްލުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފި، އިންތިހާބު ބާއްވަން ވާނީ ރަމަޟާން މަސް ނިމިގެން އަދި 10 ދުވަސް ވެސް ދޫކޮށްލާފައޭ.. އެކަމަކު ސަރުރާކާރު ވިދާޅުވާ ބަހަކަށް ބަލާކަށް ނުޖެހޭ.. ބަހުސްތަކާ އެއްޗެހި ހަމަ ކުރުގަޅުވާލާފަ ހަމަ ކުރިޔަށް މިގެންދަނީ.. އަޅުގަނޑުމެން އަޑުއަހަން ތިބޭ މީހުންނަށް އެބޭފުޅުންގެ ސިޔާސަތުތަކާ ބެހޭ ގޮތުން.. އެއްވެސް މައުލޫމާތެއް ނުލިބޭ..

އިލެކްޝަން ކޮމިޝަނުން އިންތިހާބު ފަސް ކުރުމަށް ގޮވާލައި، ރައީސް ޔާމީން ވިދާޅުވީ ވޯޓުގެ އެއްވެސްކަމެއް ސުޕަވައިޒް ކުރުމަށް މެމްބަރުންނަށް ތިބެވިގެންވާނެކަމަށް އެމަނިކުފާނު ގަބޫލު ނުކުރާ ކަމަށެވެ.

އިންތިހާބުގެ ތާރީހު ފަސް ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމިޝަނަށް އިތުރު ރޯދަ މަހަށް ފަހަށް އަންނަ ތާރީހެއް ނިންމޭނީ ރައީސް ބިލު ތަސްތީގު ކުރެއްވުމުން ކަމަށެވެ. އެ ނޫން ގޮތަކަށް ކޮމިޝަނަށް ތާރީހެއް ނުނިންމޭނެކަމަށް ހަބީބް ވިދާޅުވި އެވެ. ކޮމިޝަނުން އަމަލު ކުރަމުން ދަނީ ގާނޫނާއި އެއްގޮތަށްކަން، ފާހަގަކޮށް ހަބީބް ވިދާޅުވީ ގާނޫނުއަސާސީގެ 92 ވަނަ މާއްދާ ބުނާ ގޮތުގައި ބިލު ތަސްދީގު ކުރުމަށް ފަހު ގެޒެޓުގައި ޝާއިއު ކުރުމުން ނޫނީ އީސީއަށް ތާރީހުތައް ކަނޑައެޅުމުގެ ބާރެއް ދެން ނެތް ކަމަށެވެ.
ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: