ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާތަކުގައި ލީޑާޝިޕްގެ އިހުލާސްތެރިކަމެއް ނެތްކަމަށް ސުވާލު ނުއުފެއްދޭނެ، ތަފްސީލުތައް ހުންނާނެ: ހީނާ

ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ސްޕޯކްސްޕާސަން ހީނާ ވަލީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރުގެ ތެރޭގައި މުޒާހަރާތަކުގައި ބައިވެެރިވީ ކޮން ބައެއްކަމާއި، ލީޑާޝިޕްގެ މެމްބަރުން ފުލުހަށް ގެންދިޔަ އަދަދު ވެސް ހުންނާނެކަމަށް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ކެމްޕެއިނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި، ސަރުކާރުން އެމަނިކުފާނު މިނިވަން ކުރުމަށް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ވެސް މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވި އެވެ.

ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރިޔަށް ގެންދިޔަ އިހުތިޖާޖުތަކުގައި ޕާޓީގެ ލީޑަރުންގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބަންދުގައި ހުންނެވި އިރު ވެސް ފާހަގަކުރެވުނުކަމަކީ ޕީޕިއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބައިވެރިވުން މުޒާހަރާތަކުން ކުޑަކަމެވެ.

މި ތުހުމަތުތަކަށް، ރައްދު ހޯދުމަށް މި ދެ ދުވަހު ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުވާލުކޮށްފައި ވެއެވެ. ތަފާތު އެކި ފަހަރު މަތީން ކުރައްވަމުން ގެންދަވާ މި ތުހުމަތުތަކަށް މާބޮޑު ރައްދެއް ދޭން ބޭނުން ނުވި ނަމަވެސް، ނޫސްވެރިއަކު އެ ސުވާލު ކުރުމުން އެކަން ޕާޓީގެ ފަރާތުން ސާފުކޮށްދޭން ޖެހޭކަމަށް ގަބޫލު ކުރާކަމަށް ހީނާ ވިދާޅުވި އެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުރި މުޒާހަރާ، އިހުތިޖާޖުތަކުގައި ހައްޔަރު ކުރި ކޮންމެ މީހެއްގެ މައުލޫމާތުތައް ނަގައި ވަކިވަކިން ބެލެހެއްޓުނުކަމަށް ހީނާ ވިދާޅުވި އެވެ. އަދި ވަކިވަކި މީހުން ހައްޔަރު ކުރީ ޖުމްލަ ކިތަށް މީހުންކަމާއި، ލީޑާޝިޕްގެ ތެރެއިން ބައިވެރިވި މީހުންގެ ތަފްސީލުތައް ބެލެހެއްޓި އެކަކީ އޭނާކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި އިހުތިޖާޖުތައް މީޑިއާތަކުން ލައިވްކުރިކަމަށާއި، އެ ކޯލިޝަނުން ދިޔައީ ސޯޝަލް މީޑީއާގައި ވީޑިއޯތަކާއި ފޮޓޯތައް ޕޯސްޓު ކުރަމުން ކަމަށެވެ.

ހީނާ ވިދާޅުވީ އިހުތިޖާޖުތަކުގައި ބައެއް މީހުން ބައިވެރި ނުވާކަމުގެ ވާހަކަތައް ދައްކަމުން ގެންދާއިރު އެ އިޝާރާތް ކުރައްވަނީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދުކަމަށްވުން އެކަށީގެންވާ ކަމަށެވެ.

ހަގީގަތުގައި އެކަހަލަ ވާހަކަތަކަށް އަޅުގަނޑުމެން މާބޮޑަށް ރައްދު ދޭކަށް ބޭނުމެއް ނުވޭ.. އެހެން ނަމަވެސް ނޫސްވެރިއަކު އެގޮތަށް ސުވާލު ކުރެއްވީމާ.. ތީގެ ޖަވާބު ދޭނަން.. އޭރުގެ ފަސް އަހަރުގެ ތެރޭގައި ކުރެވުނު މުޒާހަރާތަކުގައި ބައިވެރިވި ބޭފުޅުން، އަދި ފްރަންޓްލައިންގައި ތިބި ބޭފުޅުން.. އަދި ހައްޔަރު ކުރި ބޭފުޅުން.. އަދި ހައްޔަރު ކުރި ބޭފުޅުން ކިތަށް ފަހަރު ހައްޔަރު ކުރިކަން.. މި ތަފާސްހިސާބުތައް އެއީ އަޅުގަނޑުމެން ބަލަހައްޓަމުން އައި ތަފާސްހިސާބުތައް.. އެ ތަފާސްހިސާބުތައް ބަލަހައްޓަމުން އައި އެކަކު އަޅުގަނޑަކީ.. އެހެންވީމަ އަޅުގަނޑަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކޮންބައެއްކަން މުޒާހަރާ ކުރީ.. އަދި ކޮންބައެއްކަން ހައްޔަރު ކުރީ، އަދި ކޮންމެ ދުވަހަކު ކޮން ބައެއްކަން ހައްޔަރު ކުރީ.. އަދި ލީޑާޝިޕްއިން ހައްޔަރު ކުރީ ކޮންބައެއްކަން.. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިހާރު އެ ވިދާޅުވި ވާހަކައަކީ އެންމެ އަރިހުގައި ތިއްބެވި… ޑރ. ޖަމީލު އަދި، މަލީހު ބައިވެރި ނުވާ ވާހަކަހެން..

އިންތިހާބުގެ ކެމްޕެއިނަށް ވެސް ޕީޕީއެމްގެ ކުލަ ބޭނުން ނުކުރާކަމަށާއި، ބެނާތަކުގައި ވެސް ދެ ޕާޓީގެ ލޯގޯ ހުރި ނަމަވެސް ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުން އިސްކަން ދެނީ ޕީއެންސީއަށެވެ. އެކަމަކު އެމަނިކުފާނު އެ ވާހަކަތައް ދައްކަވާތީ މިހާރު ޕީޕިއެމް ކުލަ ކޮންމެވެސް ވަރަކަށް ފެންނަކަމަށް ވިދާޅުވި އެވެ. އެ

ކަމާ ގުޅޭގޮތުން ހީނާއާއި ސުވާލު ކުރުމުން ވިދާޅުވީ ދުރުގައި ތިއްބަވާ ބަޔަކަށް މަސައްކަތް ދާގޮތް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ހީނާ ވިދާޅުވީ އެއްގޮތަކަށް ވެސް ޕީޕީއެމް ނަގައި އެއްލާލީއެއް ނޫންކަމަށާއި، ޕީޕީއެމްގެ ވެސް ލީޑަރަކީ މިވަގުތު ރައީސް މުއިއްޒު ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ދެ ޕާޓީގައި ވެސް ތިބީ އެއް ބައެއްކަމަށް ހީނާ ވިދާޅުވި އެވެ.

އެހެންކަމުން ކޮންމެ މަަސައްކަތެއް ވެސް ކުރިޔަށް ދާނީ، ހީނާ ވިދާޅުވި ގޮތުގައި ދެ ޕާޓީގެ ވެސް ލީޑަރުންގެ މަޝްވަރާގެ މަތީން ނިންމާ ނިންމުމެއްގެ މައްޗަށެވެ/ޕާޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ޔާމީން ސުވާލު އުފައްދާތީ އެކަމަށް ހީނާ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ އެތެރޭގެ މަސައްކަތް ކުރިޔަށް ދާނެ ގޮތް އެނގިވަޑައިގަންނަވާނީ އެ ކޯލިޝަންގެ މެމްބަރުންނަށް ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: