ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ތާރީހު އީސީއަށް ފަސް ކުރެވޭނީ ރައީސް ބިލު ތަސްދީގު ކުރުމުން: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހަށް ފަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން އަންނަ މަހު ވޯޓުލުން ބާއްވާ ގޮތަށް ކައުންޓް ޑައުން ފަށައިފި އެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުތައް މިހާރު އޮތް ގޮތުން ތާރީހުތައް ލިބެން އޮތީ ރޯދަ މަހަށްކަމަށްވުމާއި އެކު، އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ މާޗު މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާ ގޮތަށެވެ. އެކަމަކު އޭގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫތަކެއް ވާނެތީ އާއި، ރޯދަ މަހެއްގައި އިންތިހާބެއް ބޭއްވުމުން ވޯޓާސް ޓާންއައުޓް ދަށްވާނެކަމަށް ބެލެވޭތީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާތަކަށް ބަލައި މަޖިލީހުން ގާނޫނަށް އިސްލާހު ގެނަ އެވެ.

ސަރުކާރުން ވެސް އޭރު އެގޮތް ބޭނުން ވާތީ، މަޖިލީހަށް އެ އިސްލާހު ހުށަހަޅައި ފާސް ކުރި ބިލު ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އަދި މިހާތަނަށް އެމަނިކުފާނު ބިލު ތަސްދީގު ކުރައްވާފައި ނުވެ އެވެ. އަދި މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ މެމްބަރުން ވޯޓު ދިނީ އިންތިހާބު ފަސް ކުރުމާ ދެކޮޅަށެވެ. މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވަމުން ގެންދަވަނީ، އިންތިހާބު އޮންނާނީ އަންނަ މަހު ކަމަށެވެ. އެ މައްސަލައިގައި ޕާލިމަންޓު ގުރޫޕު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެމްޑީޕީން ބުނީ އިންތިހާބު ފަސްކޮށް ތާރީހެއް އިއުލާނު ނުކުރާނަމަ އިލެކްޝަންސް ކޮމިޝަން މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށެވެ.

ގާނޫނުއަސާސީ ބުނާގޮތުގައި މަޖިލީހުން ފާސްކުރާ ބިލެއް ފޮނުވުމުން، ތަސްދީގު ކުރުމަށް ނުވަތަ ބިލު އަނބުރާ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް 15 ދުވަސް ލިބިގެންވެ އެވެ. ފެބްރުއަރީ 11 ގައި މަޖިލީހުން ފާސްކުރި ބިލަށް، މާދަމާއަށް މުއްދަތު ހަމަވާއިރު އަލުން އަނބުރާ ބިލު މަޖިލީހަށް ފޮނުވުމަށް ފަހު ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމަށް ގާނުނުއަސާސީގައި ބުނެ އެވެ.

މި މައްސަލައިގައި އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ ދެވަނަ ފަހަރަށް ވެސް ބިލު ފަސް ކުރުމުން، ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ފުރުސަތު އެބައޮތެވެ. އަދި ރޯދަ މަހު އިންތިހާބު ބާއްވާނަމަ އީސީގެ މެމްބަރުން މަގާމުން ވަކި ކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމަށް އެމްޑީޕީން ބުންޏެވެ.

ކޮމިޝަނުން އިންތިހާބަށް ކައުންޓައުންއެއް ފަށާފައިވާތީ، އެކަމަށް ސުވާލު ކުރުމުން ހަބީބް ވިދާޅުވީ އީސީއަށް ތާރީހެއް ނިންމޭނީ ރައީސް ބިލު ތަސްތީގު ކުރެއްވުމުން ކަމަށެވެ. އެ ނޫން ގޮތަކަށް ކޮމިޝަނަށް ތާރީހެއް ނުނިންމޭނެކަމަށް ހަބީބް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމިޝަނުން އަމަލު ކުރަމުން ގެންދާތީ ގާނޫނާ އެއްގޮތަށްކަމަށް، ފާހަގަކޮށް ހަބީބް ވިދާޅުވީ ގާނޫނުއަސާސީގެ 92 ވަނަ މާއްދާ ބުނާ ގޮތުގައި ބިލު ތަސްދީގު ކުރުމަށް ފަހު ގެޒެޓުގައި ޝާއިއު ކުރުމަށް ފަހު ގާނޫނަކަށްވުމާއި އެކު މިއަދު ވެސް ގޮތެއް ނިންމޭނެކަމަށް ހަބީބް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ހަބީބް ވިދާޅުވީ އީސީން އަބަދުވެސް އިންތިހާބުތަކާ ދިމާކޮށް އަބަދުވެސް، ކައުންޓައުންތައް އާންމު ކުރާކަމަށެވެ. އަދި ތަމްރީނުތަކާއި އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ކުރިޔަށް ގެންދާ ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: