ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާޖިދާގެ މައްސަލަ މަޖިލީހަށް ހުށައެޅުމުން ބޮންޑެ ވިދާޅުވީ އެމްޑީޕީގެ ޒިންމާދާރުކަމެއް ނެތްކަމަށް!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ސިވިލް ސަރވިސް ވަޒީފާގައި ހުންނަ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސްގެ ވަޒީފާގައި ސާޖިދާ ހުންނަވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ބަހުސްތަކެއް ކުރެވި، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށްވެސް މައްސަލަ ދަނީ ދިރާސާ ކުރަމުންނެވެ.  މިހާރު މި މައްސަލަ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއްގެ ސިފައިގައި ހުށަހެޅިއިރު މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ސިވިލް ސަރވިސްގެ މައްސަލަތަކުގައި މަޖިލީހަށް ވަރަށް ފަސޭހައިން ގޮތް ނިންމެން އޮތް ނަމަވެސް، ސާޖިދާގެ މައްސަލައިގައި ކަން ކުރައްވާ ގޮތުން އެކަން ސިފަވަނީ ސިޔާސީކަމެއްގެ ގޮތުގައިކަމަށެވެ.

އެމްޑީޕީ ވެރިކަމުގައި އޮތްއިރު، ކުރި މަސައްކަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފުރައްސާރަކުރުމާއި، ދިމާކުރުންކަމަށް ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ މިހާރު އެމަނިކުފާނު ނެތުމުން އެމްޑީޕީއިން ޖައްސާލާފައި މިވަނީ ސާޖިދާއާއިކަމަށެވެ. އިބްރާހީމް ރަޝީދު މިކަން ސިފަކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.

ކޮންމެސް އަންހެނަކާއި އަޅައިގަނެގެން އަނެއްކާވެސް މިއުޅެނީ، ފަސްޓް ލޭޑީއާއި އަޅައިގަނެގެން. އަޅުގަނޑުމެން އެބަހުރި މި ގައުމުގައި ވަރަށް މުހިންމު މައްސަލަތައް، މި ގައުމުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެކަމާއި ވާހަކަ ނުދައްކާ، މިއަދު ނޮޅިވަރަމް ދާއިރާގެ މެންބަރުވެސް އެ ފާހަގަކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި، ދައުލަތުގެ، ރައްޔިތުންގެ މައްޗަށް ދައުވާ ކުރަން ހުރި މީހާކޮށްގެން އުޅޭކަމުގެ ވާހަކަ.
އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ މިއަށްވުރެ ބަހުސްކުރަން މާ މުހިންމު މައްސަލަތައް ގައުމުގައި އެބަހުރިކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ޕްރޮސެކިއުޓާ ޖެނެރެލް އޮފީހުގެ ވަކީލަކާއި ގުޅިގެން ދެކެވޭ ވާހަކަތަކަށެވެ.

ސާޖިދާއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ސިފަކޮށް، އިބްރާހީމް ރަޝީދު ވިދާޅުވީ މިއީ އެކަމަނާއާއި ޒާތީ ގޮތުން ޖައްސާލުމަށް ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: