ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނަގަމުންގޮސް އަވައްޓެރި ގައުމުގެ އަތްދަށުވުމާއި ގާތަށް ދިޔަ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުން ދަރަންޏަށް ފައިސާ ނަގަމުން ނަގަމުން ގޮސް ދިވެހިރާއްޖެއާއި އަވަށްޓެރި ގައުމުގެ އަތް ދަށުވުމާއި އިންތިހާއަށް ގާތްތަށް ދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްވަމުން މެމްބަރު އިބްރާހިިމްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުގެ މައްޗަށް އަލިއަޅުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެސްޑީއެފް އާއި ގުޅޭގޮތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާކަމަށާއި ބިލު ހުށެއުޅުމުގެ މަގުސަދަކީ އަންނަނިވި ޖީލުތަކުން އުފުލަންޖެހޭނެ ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އެ ޖީލުތަކާއި ހިސާބަަށް ވާސިލުކޮށްދިނުންކަމަށެވެ. އެހެންކަމުން ބިލެއް ހުށައެޅިފައިވަނީ އެ ފަންޑުގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމަށްކަންވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އަބަދު ބޭރު ގައުމުތަކަށް ބަރޯސާވެ އޮންނަ އޮތުން ނޫން އެހެން ގޮތެއް ހޯދަން ޖެހޭކަމަށެވެ. އިބްރާހިމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައިވެސް މި ފަންޑު އޮންނަކަމަށާއި ލިބޭ ބޭރު ފައިސާވެސް ފަންޑަށް ޖަމާކުރާކަމަށެވެ. އެހެންނަމަވެސް ދުވަސްކޮޅަކުން މުޅި އެކައުންޓުވެސް ރުފިޔާއަށް ބަދަލުވިކަމަށް އަލިއެޅުއްވިއެވެ.

އިބްރާހިމް ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަށް ޓެކްސް ދައްކަން ޖެހެނީ ބޭރު ފައިސާއިންކަމަށާއި އެހެންނަމަވެސް ބޭރު ފައިސާ ނެތް ނަމަ ދަރަންޏަށް ނަގަންޖެހޭކަމަށާްވެސް ވިދާޅުވިއެވެ. އަދި އެގޮތުގެ މަތިން ފައިސާ ނެގުމަށްޓަކައި ސުކޫލުތަކާއި މަދަރުސާތައް ރަހުނު ކުރަމުން ކުރަމުން ގޮސް ގަބުރުސްތާނުތަކަށްވެސް ރަހުނުކޮށްފައިވާކަމަަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަރުތަކާއި ގިރިތައްވެސް ރަހުނުކުރެވިފައިވާކަމަށާއި ރަށެއް ހަދައިފި ހާލަތެއްގައި އެއީވެސް ރަހުނު ކުރެވިގެންދާ އެއްޗެއް ކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ހުޅުމާލެ އޮތީ ރަހުނު ކުރެވިފައިވަކަމަށެވެ. އަދި މާލޭގައި ހުރި ސަރުކާރުގެ އިމާރާތްތަކާއި ސުކޫލުތައްވެސް ރަހުނުކޮށް ފައިސާ ނަގާފައިވާކަމަށް ވިދާޅުވިއިރު ފައިސާ ނަގަމުންދާ ސަބަބާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އިބްރާހިމް ވިދާޅުވީ، އެ ފައިސާއިން މުސާރަދެނީކަމަށެވެ. އެހެންމަަވެސް މުރާސައަކީ ރައްޔިތުންނަށް ހިދުމަތްކުރާ މީހުންނަށް ދޭ އެއްޗެއްކަމަށްކަމަށް ފާހަގަކުރެއްވިއިރު މިހާރު ފެންނަ މަންޒަރުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ހަރުގެތަކެއް ހަދައިގެން އެތަނުގައި ތިބި މީހުންނަށް ފައިސާ ބަހާކަމަށް ސިފަވެގެންދާކަމަށްވެސް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިފްކޯ އަދި ވެމްކޯ ފަދަ އެސްއޯއީތަކަކީ ޖަގަހަތަކެއްކަމަށާއި ދަރަންޏަށް ފައިސާ ނަގަމުންދަނީ އެތަންތަނަށް ހޭދަކުރުމުގެ ގޮތުންކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތުގެ މަތިން ބޭރު ގައުމުތަކުން ފައިސާ ނަގަމުން ނަގަމުންގޮސް ޖެހިގެން އޮތް ގައުމުގެ އަތްދަށުވުމާއި ގާތަށް ދިޔަކަމަށާއި އަނެއްކާވެސް އިރުމައްޗަށް ގޮސްފައިވަނީ އެހެން ގައުމެއްގެ އަތްދަށުވުމަށްކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެތަނަށް ދެރުމުން އަނެއް ތަނުން ފައިސާ ނަގަމުންދާކަމަށާއި ނަަގަމުން ނަގަމުން ގޮސް ސަލާމަތްނުވާ ވަރުވުމުން ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާވި ފައިސާ ރުފިޔާއަށް ބަދަލުކޮށްގެން ފައިސާ ޗާޕުކޮށްގެން ރައްޔިތުންގެ ޖީބުގައި ހުރި ފައިސާ ރައްޔިތުންނަށް ނޭނގޭ ގޮތަށް ނަގާ މުޅި ގައުމު އޮތީ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: