ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކަށް ފައިސާ ހޯދަނީ ޔޯގާ ވިއްކައިގެން: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތުގައި ޔޯގާ އަކީ ވަރަަށް ފުޅާ ދާއިރާއެއްގައި އިގްތިސާދުގެ ތެރެއަށް ލާމެހިފަ އޮތްކަމެއްކަމަށާއި، ރާއްޖޭގެ އަޕް މާކެޓް ރިސޯޓުތަކަށް ފައިސާ ހޯދަނީވެސް ޔޯގާ ވިއްކައިގެންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބާރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ޔޯގާ އާއި ދެކޮޅަށް ރާއްޖޭގައި ހިންގި އަމަލާ ބެހޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޔޯގާ ޓޫރިޒަމްއެއް ދިވެހި ރާއްޖޭގައި ވަރަށް ވަރުގަދައަށް އުފެދިފައި އެބައޮތްކަމަށާއި ޔޯގާ އަކީ ރާއްޖޭގައި އޮންނަތާ ވަރަށް ގިނަ ޒަމާންވީ ހަރަކާތެއްކަމަށް ބޮންޑެ ވިދާޅުވިއެވެ.

އޭނާ ދެންނެވީ ޔޯގާ ހަރަކާތް ހިންދޫ ދީނަށް ނިސްބަތްވީތީ ހަރާމް ވަނީ ނަމަ ފޯކާއި ބިލެތާއި ސުޕާރީ ކެއުންވެސް ހަރާމްވާން ޖެހޭނެކަމަށެވެެ. މިތަކެއްޗަކީ އެދީނުގެ އަޅުކަންތަކުގައި ބޭނުންކުރާ އެއްޗެއްކަން އިންޓަނެޓް ބަލައި ދިރާސާ ކޮށްފިނަމަ އެގޭނެކަމަށް ވިދާޅުވެ އޭނާ ފާހަގަކުރެއްވީ ނަމަވެސް ދިވެހިން ފޯކާއި ބިލެތާއި ކައި އުޅެނީ އަޅުކަމަކަށް ނޫންކަމަށެވެ. އަދި އެމީޙުންގެ އަޅުކަމުގައި ހީނާފަތަކީވެސް ކޯއްޗެއްތޯ ބައްލަވަންޖެހޭކަމަށާއި އެ ހިސާބުން ދެން ހަރާމްކަމަށް ކަނޑައަޅައި، ހީނާފަތް އަޅާ މީހުންގެ އަތްކަނޑާ ނުވަތަ މިއުޒިކް ހަރާމްވީތީ ދަރިފުޅު ނިންދަވަން ނާނާ ކިޔާން އިންނަ މައިމީހާގާތު އެެއީ ހަރާމްކަމެކޭ ބުނުމުން ބުއްދީގެ އަހުލުވެރިންނަށް އެކަށީގެންނުވާކަމެއްކަމަށް ބޮންޑެ ވިދާޅުވިއެވެ. އިސްލާމް ދީނުގައި މިއުޒިކްވެސް ހަރާމްވަނީ ވަކި ހިސާބަކަށް ދިޔުމުންކަމަށާއި އެކަމުގެ ސަބަބުން ބުއްދި ފިލާދަނީނަމަ ހާރަމްވާނެކަމަށް ބޮންޑެ ފާހަގަކުރެއްވިއެވެ.

މުޅި ސަރަހައްދުގައި އޮތީ މަލްޓިކަލްޗަރަލް ސޮސައިޓީއެއްކަމަށާއި އެގޮތުން ސައުދީ އަރައްބިއްޔާ ފަދަ މުސްލިމު ގައުމުތަކުގައި ޔޯގާ ކަޝްރަތެއް ނުވަތަ ކުޅިވަރެއްގެ ގޮތުގައި ބޭނުންކުރާކަމަށް ފާހަގަކުރައްވާ ބޮންޑެ ވިދާޅުވީ އެކަންތައް ބިނާވާނީ ނިޔަތުގެ މައްޗައްކަމަށެވެ. އަޅުކަމަކަށް ނުވަތަ ކަލާންގެއަކަށް ހަދައިގެން އުޅެންފެށީމައި ކޮންމެ ކަމެއްވެސް ހަރާމް ވާނެކަމަށް ބޮންޑެ ވިދާޅުވިއެވެ.

ޔޯގާ ހަރާކާތް ހުއްޓުވުމާއި ގުޅިގެން މިކަމަށް ފިޔަވަޅު އެޅުއްވި އިރު އިލްމްވެރިންގެ ލަފާއެއް ރައީސުލްޖުމްހުއްރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނާއްސަވާ ކަމަށް ޑރ އިޔާޒްމެންފަދަ އިލްމްވެރިން ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ސުވާލުކުރެއްވުމުން ބޮންޑެ ވިދާޅުވީ ލަފާ ދެއްވަން ޖެހޭނީ ސޯޝަލް މީޑިއާއިން ނޫންކަމަށާއި ލަފާ ދެއްވަންޖެހޭ ގޮތްޕަކާއި މުޒާރާއެއްވެސް އޮންނަކަމަށެވެ.

އިންޑިއާގެ އެމްބަސީ އާއި ކަލްޗަރަލް ސެންޓަރާއި ގުޅިގެން ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރަމުން ދަނިކޮށް،  ބައެއް ބޭރުގައުމުތަކުގެ ސަފީރުންނާއި އެމްބަސަޑަރުންވެސް ހާޒިރުވެ ތިއްބާ އާންމުވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލައި، ހަމަނުޖެހުން ހިންގާ ހަރަކާތް ހުއްޓުވާފައެެވެ. މިކަމާއި ގުޅިގެން ސަރުޚާރުގެ އިސް ފަރާތްތަކުންނާއި މުއައްސަސާތަކުންނާއި އިދާރާތްތަކާއި މިނިސްޓްރީތަކުން ވަނީ މިކަންތައް ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި އަމަލުކުރައްވާ ގޮތާއި ހިލާފަށް ވަރަށް އަވަސްކަމާއިއެކު ކުށްވެރިކޮށްފައެވެ. އަދި މި މައްސަލަ ބެލައި ތަހުގީގުކުރުމަށްޓަކައި ވަނީ ވަޒީރުންގެ ސަބް ކޮމިޓީއެއްވެސް އުފައްދާފައެެވެ.

މިފަދައިން ކަން ހިގާފައިޥާއިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައި ޔޯގާއަކީ އިސްލާމީ ޝަރީއަތާއި ހިލާފް ހަރަކާތެއްކަމުން މި ހަރަކާތް ކުރިއަށް ނުގެންދިޔުމަށް އެދިފައެވެ. ސިޓީގައި ވަނީ ރާއްޖެއަކީ %100 މުސްލިމު ގައުމަކަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށް ވެސް މި ސިޓީގައި ފަށަމުން ފާހަގަކޮށްފައިވެއެވެ. އެކަމަކު މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ވެސް ސިޓީގައިވެއެވެ.

މިނިސްޓްރީން ބުނީ މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގައި ޝާމިލްވި ފަރާތްތަށް ވަރަށް އަވަހަށް އިންސާފުގެ ކުރި މައްޗަށް ގެނެވޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިޥާިރު މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކުރެވިފައި ޖުމްލަ 19 މީހަކު އެބަހުރިއެވެ. މީގެ ތެރޭގައި 2 އިލްމެރިއަކު ހިމެނޭއިރު، ކުރެވޭ ތުހުމަތާއި ގުޅިގެން އެ އިލްމެރިންގެ ދީނީ އިލްވެރިކަމުގެ ފާސްވެސް ވަނީ ބާތިލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: