ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގައި ވަގުތީގޮތުން ހަމަލާބަދަލުކުރުން ހުއްޓާލައިފި

ފަލަސްތީނުގެ ރައްޔިތަކު ހިތާމަފާޅުކުރަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

7 ހަފްތާގެ ހަމަލާ ބަދަލުކުރުންތަކަށްފަހު ވަގުތީގޮތުން އިސްރާއީލާއި ހަމާސްއިންވެސް ހަނގުރާމަ ހުއްޓާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްރާއީލުންވަނީ އެ ގައުމުން ފަލަސްތީނަށް ދެމުންދިޔަ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް މިހާރު ހުއްޓާލާފައިވާއިރު، ހައްޔަރުކޮށްފައިތިބި ބައެއް މީހުން ދޫކޮށްލައި އެހީ ފޯރުވުމުގެ ފުރުސަތުތައްވެސް ދީފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުން، އެ މީހުން މި ވަގުތުތަކުގައިވެސް ބައެއް ސަރަހައްދުތަކުގައި ފޯރިމަރަމުންދާނެއެވެ. އަދި އެއްވެސް ފަލަސްތީނުގެ ރައްޔިތަކަށް ޣައްޒާގެ އުތުރަށް ދިއުމަށް ފުރުސަތު ނުދޭނެކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ހަމަލާތައް ހުއްޓާލުމާއިޖެހެންދެންވެސް އިސްރާއީލުން އިތުރަށް ވަރުގަދައަށް ހަމަލާތައް ދެމުންދިޔަނަމަވެސް ހުއްޓާލުމާއިއެކު ފަލަސްތީނުގެ ރައްޔިތުންދަނީ އުފާ ފާޅުކުރަމުންނެވެ. އަދި މިއީ އޮކްޓޯބަރު 7 ވަނަ ދުވަހަށްފަހު އެ ގައުމުގެ ރައްޔިތުން ހަމަ ނޭވާއެއް ލުމަށް ލިބުނު ފުރަތަމަ ފުރުސަތުކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދިގުދެމިގެންދާ ގޮތަށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމާއި ހިސާބަށް ވާސިލުވުމުގެ މަގު ފަހިވެގެންދާނެކަމަށް ޣައްޒާގައި ތިބި ރައްޔިތުން އުންމީދުކުރާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށްކަމަށްވުމުން ކުއްލިގޮތަކަށްވެސް ހަނގުރާމަ ފެށުމުގެ ފުރުސަތުގެ ބިރުވެރިކަންވެސް ރައްޔިތުންގެ މައްޗަށް ވެރިވެފައިވާކަމަށް ރިޕޯޓުގައިވެއެވެ. މި ހަމަލާތަކުގެ ތެރޭގައި 14000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، އެ އަދަދުގެ ތެރޭގައި 6000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: