ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މާދަމާ ރޭ ބާއްވަނީ!

ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕިއެމް) އިން ވަކިވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުން ގެންދަވަނިކޮށް އެ ޕާޓީގެ ސެނެޓު ބައްދަލުވުމެއް މާއްދަމާ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

ސެނެޓު ބައްދަލުވުމަށް ހުރިހާ މެމްބަރުންނަށް ވެސް މިހާރު ވަނީ ދައުވަތު ފޮނުވާފަ އެވެ. ރައީސް ޔަމީން ޕީޕީއެމުން ވަކިވުމަށް ނިންމަވައި، މީޑިއާތަކުގައި އެކި ވާހަކަތައް ދެކެވުނު ނަމަވެސް މާދަމާރޭގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބާއި މެދު ގޮތެއް ނިންމުމެވެ. އެހެން ނަމަވެސް ބައްދަލުވުމުގައި އެހެން ބައެއް ކަންކަމަށް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

މީގެކުރިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީން ބުނެފައި ވަނީ މަޖިލީސް އިންތިހަބުގައި ވާދަކުރާނީ ދެ ޕާޓީން އެއްކޮށް ކަމަށެވެ. އަދި ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ނިންމުމަށް ބާއްވާ ޕްރައިމެރީ އަންނަ ޖެނުއަރީ މަހުގެ 20 ގައި ބާއްވާ ގޮތަށް ވަނީ ނިންމާފަ އެވެ.

މާދަމާރޭގެ ބައްދަލުވުމަށް މީޑިއާތަކުގެ ސަމާލުކަން ހުއްޓޭނެކަމަށް ބެލެވޭއިރު، ޕްރައިމެރީއަށް ދެން ވާނެ ގޮތެއް ސާފެއް ނޫނެވެ. އެއީ ރައީސް ޔަމީންގެ ސަޕޯޓަރުން ޕީޕީއެމުން، ވަކިވެ އެމަނިކުފާނުގެ އައު ޕާޓީއާއި ގުޅިވަޑައިގަތުމަށް އެމަނިކުފާނުގެ ފަރާތުން އެދިފައިވުމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު ފެންނަ ގޮތެއް ނިންމުމަށް ނޯޓެއް ފޮނުއްވި އެވެ. ޕާޓީގެ ގިނަ މެމްބަރުން އެ ނޯޓުގެ ސައްހަކަމާއި މެދު ސުވަލު އުފައްދާއިރު، މާދަމާރޭގެ ބައްދަލުވުމުގައި އަނެއްކާވެސް މި މައުޟޫއު ބައެއް ބޭފުޅުން ނަންގަވާނެކަމަށް ބެލެވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: