ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްވަރާ ކުރެވެން އޮތް، އެ ގޮތް ގަބޫލު ނުކުރެއްވީ ރައީސް ޔާމީން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުއިއްޒުގެ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްވަރާގެ މަގު އޮއްވައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ގޮތް ދޫކުރެއްވުމަށް ފަހު އައު ޕާޓީއެއް އުފައްދަވަނީ އެ މަގުން ދާން ބޭނުން ނުވާތީކަމަށް ގަބޫލު ކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑަވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ޕީޕިއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށުމުގެ ކުރިޔަށް ވެސް ގޯސްތަކެއް އުޅޭކަމުގެ އިޝަރާތެއް އޮތީ ލިބިފަ އެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި ކުއްލި ގޮތަކަށް ރައީސް ޔާމީންގެ ކޮމިޓީއަކުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނާއި މަޝްވަރާތައް ނުކުރައްވާކަމަށް ވިދާޅުވުމުންނެވެ. އަދި ދެބޭފުޅުންގެ ގުޅުން ގޯސްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައި ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ވެސް ސުވާލު އުފެއްދި އެވެ.

މި މައްސަލަ ގޯސްވެ، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެކި މީޑިއާތަކަށް އިންޓަވިއު ދެއްވައި ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. އަދި އޭނާގެ އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވަކީ، އަބްދުއްރަހީމަށެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ކުއްލި ގޮތަކަށް ޕީޕީއެމް ދޫކުރެއްވުމަކީ ލިބުނު ހިތާމައެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ދެގޮތެއް ނުވެ، އަބަދުވެސް ރައީސް ޔާމީނާއި އެކު ހުންނަވަން ބޭނުންފުޅުވި ނަމަވެސް މިއަދު އޭނާ ދޫކުރެއްވީ ވެސް އެމަނިކުފާނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮންމެ ކަމެއްގެ ވެސް ހައްލަކީ މަޝްވަރާކަމަށާއި، މަޝްވަރާގެ މަގު ޙިޔާރުކޮށްފާނަން ތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެއްވެސް ގޮތަކަށް ކަންބޮޑުވުމެއް ހިއްސާ ނުކުރައްވައި ވަކިވާން ނިންމީ މަޝްވަރާ ބޭނުން ނުވާތީކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިހާރު ދެން ގަބޫލު ކުރެވެނީ ރައީސް ޔާމީން މަޝްވަރާ ގަބޫލު ނުވީމައޭ.. އަމިއްލަފުޅަށް އެ ނިންމެވީ ޕީޕީއެމް ދޫކުރައްވަން.. މިހާރު އަޑުމިއިވެނީ އައު ޕާޓީއެއް ހައްދަވަނީ އޭ.. މަޝްވަރާ ބޭނުން ނުވެގެންނެއް ނޫން.. އަޅުގަނޑުމެން ލީޑާޝިޕްގެ ކޮންމެ ބޭފުޅަކާ ވެސް މަޝްވަރާ ކުރެވޭނެ.. ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ސަރުކާރެއް ހިންގުމުގެ ދަތިކަން.. އެމަނިކުފާނު އެކަން ތަޖުރިބާ ކުރައްވާފަ ހުރީ.. އެހެންވީމަ މިދިޔަ ދުވަސްތަކުގައި، ކަމެއް ނުވެގެން ކަންބޮޑުވެގެން މިހާ ހިސާބަށް ދާން ޖެހޭކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ..

އަބްދުއްރަހީމް ވިދާޅުވީ އޭނާ ރައީސް ޔަމީނާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި، އެއްވެސް ހިތްހަމަނުޖެހުމެއް ވެސް ނެތް ކަމަށެވެ. އަދި މިއަދު ވެސް ތަކުރާރުކޮށް ދަންނަވަން އޮތީ ސިޔާސީ ގޮތުން ކުރިޔަށް ދެވުނީ ރައީސް ޔާމީންގެ އެހީއާއި އެކުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމުގައި އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް މަލީހާއި، ޖަމީލުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް މަލީހާއި، ޖަމީލް ހެޔޮ އެދިދާނެކަމަށް ދުވަހަކު ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސިޔާސީ ގޮތުން ރައީސް ޔާމީނަށް ކުރިމަތިވި އެކި ދަތިތަކުގެ ފަހަތުގައި، އެކަން ކުރި ބަޔަކަށް ވާނީ ވެސް އެ ދެބޭފުޅުންކަމަށާއި، އެއީ ފެބްރުއަރީ އެކެއްގެ އަމުރު ނުވަތަ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ނަމަވެސް އެކަމުގެ ޒިންމާ ނަންގަވަން ޖެހެނީ ޖަމީލާއި މަލީހުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

 

 

 

 

 

 

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: