ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް ގަރާރެއް ހުށައަޅައިފި

މެމްބަރު އަބްދުލްމުޣުނީ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަމަށް އަސަރުކާރާ ފަދަ އަމަލުތައް ހިންގާފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކާއި ކަނޑުން ބައެއް ވިއްކާލިކަމަށް ބުނާ ތުހުމަތުތަކުގެ މައްސަލަ ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެގެންދިޔަކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ އިންކުއަރީއެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ގަރާރެއް ހުށައަޅާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން އެ މަސައްކަތްތައް ކުރުމަށް ނިންމާފައިވަނިކޮށެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ގަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ. އެގޮތުން ގަރާރުގެ މަގުސަދަކީ ނިމިދޔަ ސަރުކާރުން ބޭރު ގައުމުތަކާއިއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް ހުޅުވާލައިގެން ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލައި ހުށައަޅާ ގަރާރެއްކަމަށް ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުންދަނީ ދެކެވިފައިވާ ވާހަކަތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލަމުންކަމަށެވެ. އެހެންކަމުން ރައީސް ސާލިހުގެ ސަރުކާރުން އެފަދަ އަމަލެއް ހިންގާފައިވޭތޯ ދެނެގަނެ ތެދު ދޮގު ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ހަތިޔާރާއިއެކު އެތަކެއް އިންޑިއާ ސިފައިންނެއް ބައިތިއްބައިގެން މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތްކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތައްކުގެ ހަގީގަތުގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ބަލައި އެކަންކަމުގެ ހަގީގަތް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައްވާކަމަށްވެސް ގަރާރުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: