ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައާއި މެދު އީސީން މާދަމާ ގޮތެއް ނިންމަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓަކައި އާ ޕާަޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހު ޖަމާލް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ދޫކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދާ އައު ސިޔާސީ ޕާޓީއަށް ހުއްދަ ދިނުމާއި މެދު މާދަމާގެ ޖަލްސާގައި ގޮތެއް ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. ދެ ރައީސުންގެ ދެމެދު މިފަދަ މައްސަލައެއް ޖެހެން، ދިމާވީ ކޮން ހާލަތެއްކަން އަދި ސާފުވެފައި ނުވައިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ.

ޕީއެންއެފްއަށް ރައީސް ޔާމީން ސޮއި ވެސް ކުރައްވާފައިވާކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ހުއްދަ ވީހާވެސް އަވަސް ވާން ޖެހޭކަމަށް ޕޯސްޓު ވެސް ކުރައްވާފަ އެވެ.

ޕާޓީ އުފެއްދުމާއި، އަދި ހުއްދަ ދޫކުރުމާއި ގުޅޭގޮތުން މަލީހު މީޑިއާތަކަށް މައުލޫމާތު ދެމުން ގެންދަވާއިރު ޓުވީޓެއް ކުރައްވައި ހަބީބު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ނިންމާނީ މާދަމާ 14:00 ގައި ބާއްވާ ކޮމިޝަނުގެ ޖަލްސާގައި ކަމަށެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވާއިރު، ސަރުކާރުގެ ދިފާއުގައި ނިކުމެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އަދި ވަޒީރުން ވަނީ މިއީ ގައުމު އިސް ކުރަން ޖެހޭ ވަގުތުކަން ފާހަގަކޮށް ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިހާބު ކުރި ވެރިކަމެއް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން އެކަހެރި ކުރިކަމުގެ ތުހުމަތުކޮށް ޕީއެންއެފް އުފެއްދުމުގައި ދެން އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މަލީހުގެ އެންމެ ބޮޑެތި ފާޑުކިއުންތައް ވަނީ އެބޭފުޅުންނަށް އަމާޒުވެފަ އެވެ.

އެކަމަކު މެމްބަރުން ވަނީ ޖަމީލާއި، މަލީހަކީ ރައީސް ޔާމީނަށް ހެޔޮ އެދިގެން ރަނގަޅު ނިޔަތެއްގައި ދުވަހަކު ވެސް މަސައްކަތް ކުރައްވާނެ ބޭފުޅުން ނޫންކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: