ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު ބާއްވަން ކޮމިޓީން ލަފާދިން ތާރީހާއިމެދު އީސީން އެއްބަހެއްނުވޭ

އިލެކްޝަން ކޮމިޝަންގެ އިސް ބޭފުޅުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ކުރީކޮޅު ބާއްވާ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާއިމެދު އިލެކްޝަން ކޮމިޝަން (އީސީ) އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންނާއި ހިޔާލްތަފާތުވުން އުފެދިއްޖެއެވެ.

ކޮމިޓީން ލަފާދިން ތާރީހުގައި އިންތިހާބު ބޭއްވުމާމެދު އީސީގެ ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. ގާނޫނުގައި ބުނާ މުއްދަތާއި އެއްގޮތަށް އީސީއިން ތާވަލުކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަ މަހުގެ ފަހު 10 ފެށޭ ދުވަހަށެވެ. އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ގާނޫނީ ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ.

ކޮމިޓީގެ ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަ މަހަށްފަހުވެސް ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރޯދަމަހުގެ ފަހުދިޔަށް ބަންދު ކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށާއި އެދުވަސްތަކުގައި އިދާރީ މަސައްކަތްތައް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި ކެމްޕެއިން ކުރުމުގައްޔާއި އިންތިހާބުގެ ތައްޔާރީތަކަށްވެސް ދަތިތަކާއި ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މީގެ ކުރިން ވެސް ރޯދަ މަހު ބޭއްވި ބައި އިލެކްޝަންގެ ތަޖުރިބާ ރަނގަޅު ނޫން ކަަމަށާއި އެކަމުގެ ކަންބޮޑުވުންތައް ޕާޓީތަކުންނާއި ކެންޑިޑޭޓުން އޭރު ވެސް ފާޅުކޮށްފައިވާ ކަމަށެވެ. ކޮމިޓީގެ ގިނަ މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނުން ދައްކާ ގިނަ ކަންކަމަކީ ބަލައިގަންނަން ދަތި ވާހަކަތަކެއް ކަމަށް ބުނެ، މިހާރު އޮތް ގޮތަށް އިންތިހާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރޯދަ މަހަކީ އެހެން މަސްތަކެކޭ އެއްފަދައިން މަސައްކަތް ކުރެވޭނެ މަހެއް ކަމަށާއި އިންތިހާބު ބޭއްވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް ރޯދަމަހަށްފަހު އިންތިހާބު ބޭއްވިޔަސް މައްސަލައެއް ނެތްކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ތުހުމަތުކުރެއްވި ގޮތުގައި އީސީން މަސައްކަތް ކުރަނީ މިމައްސަލަ ކޮމިޓީއަށް ގެނެސްގެން އެބޭފުޅުން ބޭނުން ދުވަހަކު އިންތިހާބު ބޭއްވުމަށެވެ. އެކަން ހާސިލް ކުރުމަށް ގާނޫނު ބަދަލުކުރުމުގެ ވާހަކަދައްކާތީ އާއި ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން އީސީގެ ކަންބޮޑުވުން މީޑިޔާއާ ހިއްސާކުރުމުން ސަނީފް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވަނީ ސަނީފުގެ ވާހަކަތަކާ އެއްބަސްވާ ކަމަށް ވިދާޅުވެފައެވެ.

މި ކަމުގައި ކޮމިޓީން ކަންބޮޑުވުން ފާޅުކުރި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އެ ވިސްނުން ގެންގުޅޭތީ، އެޑިއުކޭޝަން މިނިސްޓްރީން ގްރޭޑު 10 ގެ ކުދިން މޮކް ޓެސްޓުތައް ވެސް އަވަސްކުރަން އަންގާފައިވާ ކަމަށެވެ. މި ކަމުގެ ސަބަބުން، ކިޔަވާ ކުދިންނަށް އިންތިހާއަށް ގެއްލުން ވެދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުއާދު ވިދާޅުވީ އެ ކޮމިޝަނުން ކޮމިޓީއަށް އައީ ތާރީހު ބަދަލުކުރަން އެދެން ނޫން ކަމަށާއި މި ކަމުގައި ސަރުކާރުން ވަކި ގޮތަކަށް އަމަލުކުރަން ވެސް އަންގާފައިނުވާ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ކޮމިޓީން އީސީގެ މެންޑޭޓުގެ ތެރެއަށް ވަދެ، ވަކި ތާރީހެއްގައި ބާއްވަން ބާރު ނާޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ނަމަވެސް ރޮޒައިނާ ވެސް ވިދާޅުވީ އިންތިހާބު އަވަސްކޮށްފި ނަމަ، ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރަން ލިބޭ ވަގުތު މަދުވެ، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: