ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އަލުން ހަމަލާތައް ފައްޓައިފި!

ހަމާސްގެ ހަނގުރާމަވެރިން: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތުމަށްފަހު އިސްރާއީލާއި ހަމާސް ޖަމާއަތް ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށިގެންދިޔަ ހަމަލާ ބަދަލުކުރުންތައް ދާދި ފަހުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި ހަމާސްގެ ބެލުމުގައި ދަށުގައިވާ ގައިދީންނާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރަހީނުންވެސް ބަދަލުކުރެވިފައިވާއިރު، އިސްރާއީލުންވަނީ ހަމާސްގެ މައްޗަށް އެއްބަސްވުމާއި ހިލާފުވެފައިވާކަމުގެ ތުހުމަތުކޮށްފައެވެ.

އެ ގައުމުންވަނީ ހަމާސްގެ މައްޗަށް ރޮކެޓު ހަމަލާ ދިނުމުގެ ތުހުމަތުކޮށްފައެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އިސްރާއީލުގެ އަންހެނުން ދޫކޮށްލުމަށްވެފައިވާ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ހަމާސް އަދި އިސްރާއީލުގެ ދެމެދު ހަމަލާ ބަދަލުކުރުންތައް ހުއްޓާލީ ނޮވެމްބަރު 24 ވަނަ ދުވަހުގައިކަމަށްވާއިރު ދެ ފަހަރެއްގެ މަތިން އެއްބަސްވީ މުއްދަތު އިތުރުކޮށް ދިގު ދަންމާލާފައިވެއެވެ. އެ ދުވަސްތަކުގެ ތެރޭގައި ޣައްޒާގައި ތިބި އިސްރާއީލުގެ އެތައް ބަޔަކު އަނބުރާ ގައުމަށް ފޮނުވާލިއިރު، އެތައް ސަތޭކަ ފަަލަސްތީނުގެ ރައްޔިތުންނެއް އިސްރާއީލުގެ އަތްދަށުން މިނިވަންވެ އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުވުމުގައިވެސް މަގުފަހިވެފައިވެއެވެ.

އެހެންނަމަވެސް އެއްބަސްވެފައިވާ މުއްދަތު ހަމަވުމަށް މަދު ވަގުތުކޮޅަކަށް ވެފައިވަނިކޮށް އިސްރާއީލުންވަނީ ޣައްޒާއާއި ދިމާލުން ރޮކެޓު ހަމަލާއެއް އެ ގައުމަށް އަމާޒުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ހަމާއިސް އެ ވާހަކަތަކަށް ރައްދެއް ދީފައިނުވެއެވެ. އަދި ހަނގުރާމަ އަލުން ފެށިފައިވާކަަމށާއި އެހެންކަމުން އިސްރާއީލުގެ ސަރުކާރުން މަސައްކަތްކުރަމުންދާނީ ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުކޮށް ޣައްޒާގައިތިބި އިސްރާއީލުގެ ރައްޔިތުން މިނިވަންކުރަންކަަމަށާއި އެ ގައުމުން މަސައްކަތްކުރާނީ ހަމާސް ވުޖޫދުން ތައްތާލައި ޣައްޒާއަކީ އިސްރާއީލަށް ބިރަކަށް ނުވާނެކަން ކަށަވަރުކުރުމަށްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: