ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ލީޓަރުގެ ފެން ފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީހު ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެއްޓަށް ގެއްލުން ދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރާ ތާރީހު ފަސްކޮށްފިއެވެ.

މި ތާރީހު ފަސްކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހަށެވެ. އަދި އެ ވައްތަރު ފުޅި ބޭނުން ކުރުން މަނާ ވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ ކުރިން އޮތް ގޮތުން މިއަދުން ފެށިގެން އެތެރެކުރުމާއި އުފެއްދުން މަނާވާނެއެވެ.

ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ އެ ތަކެތި މަނާކުރަމުންނެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނެރުން ގަރާރުގައި ވަނީ އެމަނިކުފާނު އެ ގަރާރު އެކަށައެޅުމާއި އެކު ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރިން ކަނޑައަޅާފައިވާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކާއި، އެ ތަކެތި ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެ ކުރުމާއި، ބާޒާރަށް ނެރުމަށް ކުރިން ކަނޑަޅާފައި އޮތް ގޮތް ބާތިލްކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިއީ ބަލާވެރިކަމެއް މިއުޅެނީ އަތާ އަނގަޔާ ދިމާނުބެގެން މީގެން އިނގެނީ މަޖްލިސް ލިބުނުން މިކަންްވެސް ކުރާނެކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: