ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންގް ޓާމް ރީސައިކްލިން ފެސިލިޓީއެއް ތިލަފުށީގައި ގާއިމްކުރަނީ!

ޕްލާސްޓިކް ކުނިތަކެއް ޖަމާވެފައި. މޫދަށް ކުނި އެޅުމަކީ އެންމެ އާންމުކޮށް ކުރާ ތިމާވެއްޓަށް ގެއްލުންދޭ ކުށް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ތިލަފުށީގައި ލޯންގް ޓާމް ޕްލާސްޓިކް ރީސައިކްލިން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަަޔަރަމަންޓް މިނިސްޓްރީއިން ބުނެފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ގެންގުޅޭ މިންވަރު މަދުކުރުމުގެ ޕްލޭނާއި މެދު އާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިންކޮށް ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަހުމަދު މުރުތަޟާ ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާ ލޯންގް ޓާމް ރީސައިކްލިން ފެސިލިޓީގެ ދަށުން ޕްލާސްޓިކާއި އަދި ރީސައިކްލް ކުރެވޭ އެހެނިހެން މެޓީރިއަލް ރީސައިކްލް ކުރަމުންދާނެކަމަށެވެ. އަދި ރީސައިކްލް ނުކުރެވޭ ބާވްތައް އެއްކުރުމަށް ކަލެކްޝަން ސިސްޓަމެއް ގާއިމްކުރާނެ ކަމަށް މުރުތަޟާ ވިދާޅުވިއެވެ.

މިމަސައްކަތް ކުރުމުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އެންޖީއޯތަކާއި ގުޅިގެން ކުރިއަށްދާ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. އެގޮތުން ޕާލޭ މޯލްޑިވްސްގެ ނަން ވަނީ ފާހަގަކުރައްވާފައެވެ.

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ޕްލޭނެއްގެ ދަށުން މަސައްކަތްކުރަމުންދާއިރު، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ކޮންމެ ޕްލާސްޓިކަަކީ ރީސައިކްލް ކުރެވޭނެ އެއްޗެއްނޫންކަމަށް މުރުތަޟާ ވިދާޅުވިއެވެ. އެގޮތުން ސިއްހީ ދާއިރާގައި ބޭނުންކުރާ ބައެއް ސާމާނުގެ ތެރެއިން އައިވީ ޕެކެޓް، އަދި ސިރިންޖް ބަންދުކޮށްފައި ހުންނަ ޕެކެޓްތަކަކީ ރީސައިކްލް ކުރެވޭނެ ތަކެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިފަދަ ތަކެތިވެސް އެއްކުރުމަށް ކަލެކްޝަން ސިސްޓަމެއް ގާއިމްކުރުުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ބޭއްވި ފޯރަމްގެ ތެރެއިން

ފޯރަމްގެ ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕާލޭގެ އެކްޒެކިއުޓިވް ޑިރެކްޓަރު މެނޭޖަރު ޝާހީނާ އަލީ ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގައި ރީސައިކްލްް ފެސިލިޓީއެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. މިހާރު ރީސައިކްލް ކުރުމަށް ބޭރަށް ފޮނުވާ ގިނަ ގައުމުތަކަކީ “ގްރީން ވޯލްސް” ހުރި ގައުމުތައް ކަމަށާއި އެހެންކަމުން ބޭނުންކޮށްފައި ހުރި ޕްލާސްޓިކް އެގައުމުތަކުން އެތެރެކުރުން ހުއްޓާލާނެ ކަމަށެވެ.

އެހެންކަމުން،2023 ނުވަތަ2024ގެ ކުރިން ރޯ މެޓީރިއަލްގް ގޮތުގައި ރީޔޫޒް ކުރާނެ ޕްލާސްޓިކް ރާއްޖެގެ ރީސައިކްލް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ޝާހީނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގައި އެކަން ކުރެވޭނެ ސެޓްްއަޕް ވަރަށް އަވަހަށް ގާއިމްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްކާސްޓިކް މަދުކުރުމަށް ކަނޑައަޅާ ޕްލޭންގެ ފުރަތަމަ ދެލިކޮޕީ ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވެބްސައިޓްގައި ޝާއިއު ކޮށްފައެވެ. އަދި އީމެއިލް މެދުވެރިކޮށް މިޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފަހު ތާރީހަކީ 30 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 2:00 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: