ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެ ޕްލާސްޓިކްގެ 13 ބާވަތެއް އިއުލާންކޮށްފި

އަންނަ އހަރުން ފެށިގެން ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާވާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެ ޕްލާސްޓިކްގެ ބާވަތްތައް އިއުލާންކޮށްފި އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން ސިންގަލް ޔޫޒް ޕްލާސްޓިގެ ބާވަތްތަކުގެ ލިސްޓު 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރައީސުލްޖުްމހޫރިއްޔާ އިއުލާންކުރައްވަން ޖެހެއެވެ. އެގޮތުން ސަރުކާރުން ގެޒެޓްގައި ޝާއިއުކޮށްފައިވާ ލިސްޓުގައިވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެ ޕްލާސްޓިކްގެ 13 ބާވަތެއް ހިމަނާފައެވެ. އެކި ބާވަތްތައް އެތެރެކުރުން މަނާވަނީ އެކި ތާރީހުން ފެށިގެންނެވެ.

މީގެ ތެރޭގައި ހިމެނެނީ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކްއިން ހަދާފައި ހުންނަ ކާ ތަށި، ވަޅި ސަމްސާ، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ، 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު އަދި 50 މިލިލީޓަރާއި އެއަަށްވުރެ ކުދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި ލޯޝަން އަދި ކޮންޑިޝަނަރ ހިމެނެއެވެ. މިތަކެތި ރާއްޖެ އެތެރެކުރުން މަނާވަނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ފެން އަދިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތަކެވެ.

2023 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާއި ހަމައަށް ހިމެނޭ ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ކޮންޑިޝަނަރ، ސައިބޯނި އަދި ލޯޝަން ހިމެނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ގެނައުން ހުއްޓާލުމަށް ފާސްކުރި އިސްލާހު ތަސްދީގްކުރީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: