ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލަކަށް ރައީސް ނަޝީދު!

ރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ތިމާވެށީގެ ސަމިޓު، ކޮޕް 28 ގައި ބައިވެރިވެވަޑައިގެން ދުބާއީގައި ހުންނަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ޕްލެޓުފޯމުތަކުގައި ވެސް ވަކާލާތު ކުރެއްވުމަށް މި ލިބުނު ފުރުސަތުގައި ދެމި ހުންނާނެ ކަމަށެވެ.

މިގޮތުން ސީވީއެފް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގެން އެ ޖަމްއިއްޔާގެ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ބާބަޑޯސްގެ ބޮޑުވަޒީރަށް މަރުހަބާވެސް ވިދާޅުވެފައެެވެ.

ސީވީއެފްގެ މެމްބަރު ގައުމުތަކުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 2009 ވަނަ އަހަރުގައެވެ. އެއި ރައީސް ނަޝިދުގެ ސަރުކާރުގައެވެ.

އޭގެ ފަހުން މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން ބައިވެރިވާއިރު، ކޮޕް28ގެ ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރެވޭނެ ބައްދަލުވުމަކަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ބައްދަލުވުމަކަށްވެސްމެއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: