ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ދުވަހު މަސައްކަތްތައް ފެށިއްޖެ: ޚަލީލް

ރައީސް އޮފީޙުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިނޭކޭޝަން އިބްރާހިމް ހަލީލް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުން ގެއްލިފައިވާކަމަށް ބުނާ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތްތައް ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ފައްޓަވާފައިކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ބައެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވިކާލާފައިވާކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން ސުވާލުކުރުމުން ހަލީލްވަނީ އެމަސައްކަތްތައް ކުރިއަށް ގެންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި އެ ކަން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. ޙަލީލް ވިދާޅުވީ ރައީސް ވަނީ އެޓާނީ ޖެނަރަލް އަދި އެކަމާއި ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އިސްތިއުނާފުކުރުމަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް ފައްޓަވާފައިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންގަނޑުގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެކަމަށެވެ. އަދި 14 ހަފްތާގެ މަގުޗާޓުގައި ހިމެނިފައިވަނީ އެ މަސައްކަތްތައް ފެށުމަށްކަމަށާއި މިހާރު ފެށިގޮސްފައިވާއިރު އެ މުއްދަތު ނިމޭއިރު މަސައްކަތްތައް ކުރެވިފައިވާނެ މިންވަރު ދަންނަވަން ދަތިކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު މޮރިޝަސް އަށް ފޮނުއްވިކަމަށް ބުނާ ސިޓީ ހާމަކުރުމާއިމެދުވެސް ސަންގުއިންވަނީ ޚަލީލް އާއި ސުވާލުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، އެއީ ދެ ގައުމުގެ ދެމެދު ކުރެވިފައިވާ ރަސްމީ މުއާމަލާތެއްކަމަށްވުމުން އެ ސިޓީ ހާމަކުރުން އަދި ނުކުރުމާއި ގުޅޭގޮތުންވެސް ފަހުން އަޕްޑޭޓެއް ދެއްވާނެކަމަށެވެ.

ކުރީ ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ވަރުގެ މައްސަލައެއް ފާހަގަކުރެވިފައިވޭތޯވެސް ސަންގުއިންވަނީ މިނިސްޓަރު އާއި ސުވާލުކޮށްފައެވެ. ޚަލީލް ވިދާޅުވީ ކުރީގެ ސަރުކާރުން ފަސް އަހަރުގެ ދައުރެއްގައި 100 އަށް ވުރެ ގިނަ އެއްބަސްވުން އެކުލަވާލާފައިވާކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދަނީ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްތައް ނިންމާލުމަށް ވަގުތު ނަގާނެކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އަހައްމިއްޔަތު ދީގެން ހައްލުކުރުމުގެ މަސައްކަތްތައް ކުރާނެކަމަށާއި މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ގެއްލުމެއް ލިބިގެންދާފަދަ އެއްވެސް އަމަލެއް އެއްވެސް މިންވަރަކަށް ނުހިންގާނެކަމުގެ ޔަގީންކަންދެއްވާކަމަށް ވެސް ވިދާޅުވިއެވެ.

މުލިއާގޭގެ މަރާމާތްތަކާއި ގުޅޭގޮތުންވެސް ސަންގުއިންވަނީ ސުވާލުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ކުރެވެމުންދަނީ މަރާމާތު މަސައްކަތްތަކެއްކަމަށާއި ބައެއް އައު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވަކަމަށެވެ. ޚަލީލް ވިދާޅުވީ، އެ މަސައްކަތްތައް ކުރަމުންދަނީ ދިވެހި ސިފައިންކަމަށާއި އެމްއެންޑީއެފްއަށް ފެންނަ ބަޔަކަށް އިތުރު ބައެއް މަސައްކަތްތައްވެސް ހަވާލުކުރާކަމަށް ލަފާކުރެވޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މަސައްކަތްތައް ނިމުމުން ހިނގި ހަރަދުގެ ތަފްސީލުތައް ހިއްސާކުރާނެކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވާކަމަށާއި ހަރަދުކުރުމަށް ކަނޑައެޅިފައިވާ 16 މިލިއަނަށްވުރެ އިތުރުވެގެންދާނެކަމަށްވެސް ނުބެލެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: