ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރު ނިމުނުއިރު ސިއްހީ ވުޒާރާގެ ދަރަނި އޮތީ 300 މިލިއަނުން މަތީ: މިނިސްޓަރު

ކާބޯތަކެތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމާ ގުޅޭ ޤައުމީ މީސް މީޑިއާ ކެމްޕޭން 'މުކައްބަ' އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރު ނިމުނުއިރު ސިއްހީ ވުޒާރާގެ ދަރަނި ވަނީ 300 މިލިއަން ރުފިޔާއަށް އަރާފައިކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއާއި ހިތަދޫގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ ވުޒާރާއާއި ހަވާލުވުމަށްފަހު، ތަނުގެ ހާލަތު ބެއްލެވިންކަމަށެވެ. އެގޮތުން ހިސާބުތައް ހޯއްދެވިކަމަށާއި، މިކަމުން ފާހަގަކުރެވުނީ ސިއްހީ ވުޒާރާގެ ދަރަނި އަރައިގެން ގޮސްފައިވާ މިންވަރުކަމަށެވެ.

މިއީ އާސަންދަ އަދި އެންސްޕާގެ ވާހަކަ ނޫންކަމަށާއި، 300 މިލިއަން ރުފިޔާގެ ދަރަނި އަރާފައިވަނީ ސިއްހީ ވުޒާރާއާއި ގުޅުން ހުރި ތަންތަނަށް އެކަނިކަމަށް ވިދާޅުވިއެވެ.

މީގެ ކުރީގައި، މިދިޔަ ވެރިކަމުގައި މަޝްރޫއުތައް ދީފައިވަނީވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް އިސްކޮށްގެންކަމަށާއި، ބައެއް މަޝްރޫއުތަކުގެ ފައިސާ ހޯދަން ލިޔެކިޔުންވެސް ފޮނުވާފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ފައިސާ ނުލިބި ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

”މިއީ ރާއްޖޭގެ ތާރީޚުގައި، ފަހުގެ ތާރީޚުގައި ވެފައި ހުރި ކަންތަކެއް ނޫން.

މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މިއީ މީގެ ކުރީގައި ކަންކަން ކޮށްފައި ހުރި ގޮތް ނޫންކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ލިޔެކިޔުންތަކަށް ބަލާއިރުގައި ރާއްޖޭގެ މިފަހުގެ ތާރީޚުގައި އެފަދަ ފަންޑެއް ވިތުޑްރޯ ކޮށްގެން ޕްރޮޖެކްޓުތައް ހުއްޓިފައި ނެތްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިން އިސްކުރުންކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ގޮން ޖެހުންތަކަކާއި ކުރިމަތިވަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އިގްތިސާދާއި ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މި ވެރިކަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: