ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީދާ ކުންފުނީގެ އެމްޑީއާއި ސުވާލުކޮށް، ޝަކުވާ ހުށައެޅޭ ގޮތް އަރބަންކޯއިން ހަދައިފި

ފަަޒުލް ވިނަރެސް ޕުލްޓް ބައްލަވާލައްވަން ވަޑައިގަތުމުގެ ތެރެއިން. ފޮޓޯ: އަރބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޮންލައިންކޮށް ސުވާލުކުރެވޭނެ ގޮތް އަރބަންކޯއިން ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އަރބަންކޯއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިވަނީ AskMD@urbanco.mv މެދުވެރިކޮށް ސީދާ ފަޒުލްއަށް ސުވާލުތައް ފޮނުވޭނެ ކަމަށެވެ. އަދި ޝަކުވާވެސް ހުށައެޅޭއިރު މި ސުވާލުތަކާއި، ސުވާލުތަކަށް ފަޒުލް ޖަވާބުދާރީވާނެކަމަށް އަރބަންކޯއިން ބުނެއެވެ.

ފަޒުލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވިފަހުން، ވިނަރެސް ފްލެޓްތަކުގައި މިހާރު ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަމުން އަންނަ އަދަދު 50 އިންސައްތައަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ފްލެޓްތަކާއި ގުޅިގެން އާންމުންގެ ޝަކުވާތައް ލިބިފައިވާ ކަންކަން ހައްލު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފަޒުލް ވަނީ ފްލެޓްތަކަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބަލައި، މަސައްކަތް އަވަސްކޮށް، ޕްރޮޖެކްޓްގެ ރަނގަޅުކަން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާވެސް ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: