ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބުން މީހުންގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލުކުރާ ވާހަކަ އާބަންކޯއިން ދޮގުކޮށްފި

އާބަންކޯގެ އެމްޑީ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --ވަގުތު އިމޭޖަސް-- އަހުމަދު މަމްދޫހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބުން ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށް އަރބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިކަން ކަށަވަރުކޮށްދެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތާއި ގުޅުވައި ރައީސްގެ އަޒުމަކީ 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލުމުން ވާ ޖާގައިގެ ތިން ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫއު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އާބަން ސެންޓަރުތައް ގާއިމުކުރުމާއި އެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްގީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: