ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީ ދަރަނިވެރިކޮށްފައި އޮތް މައްސަލަ ތަހުގީގަށް އޭސީސީއަށް ހުށައަޅާނަން: ފަޒުލް

ރަައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެޗްޑީސީ ދަރަނިވެރިކޮށްލާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުވިދާޅުވެއްޖެއެވެ.

ވ. އަތޮޅަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ ފެލިދޫގެ ޖަލްސާގައި ފަޒުލް ވިދާޅުވީ ކުރީ ސަރުކާރުން އެޗްޑީސީ 10 ބިލިއަން ރުފިޔާއިން ދަރަނިވެރިކޮށްލާފައިވާކަމަށެވެެ. އަދި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާނެކަމަށާއި، ތަހުގީގު ކުރާނެކަމަށް ފަޒުލް ވިދާޅުވިއެވެ.

މި ދަރަންޏަކީ ޒިންމާވާން ޖެހޭ ދަރަންޏެއްކަމަށް ފަޒުލް ވިދާޅުވިއެވެ.

އެހެންވީމާ މި ޒިންމާ އަދާކުރަން، ނޫނީ ޒިންމާވާން ޖެހޭ ބަޔަކު އެބަވޭ. އަޅުގަނޑުމެންގެ އޮޑިޓު ރިޕޯޓުތައް ހެދެމުންދަނީ.

ފަޒުލް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އެޗްޑީސީގައި އެތަކެއް މުއާމަލާތްތަކެއް ކުންފުންޏަށް ގެއްލުންވާ ގޮތަށް ހިންގާފައިވާކަން ފާހަގަކޮށް، ފަޒުލް ވިދާޅުވީ ކުންފުނީގެ ހާލަތު މިހާރު ރަނގަޅު ނޫންކަމަށެވެ.

އެގޮތުން ފަޒސުލް ވަނީ ނުހައްގުން 50 މީހަކަށް ބިން ދީފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. މި ތަންތަން މިހާރު ކުންފުންޏަށް ނަގަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރަމުން ދަނީ އުސޫލުގެ ތެރެއިންކަމަށް ފަޒުލް ވިދާޅުވިއެވެ.

ކުންފުންޏަށް ލިބެން ޖެހޭ އެތައް ފައިސާއެއް ނުލިބިވާތީ ، ފަޒުލް ވިދާޅުވި ގޮތުގައި 500 މިލިއަންއެއްހާ ރުފިޔާ ހޯދުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ބަދަލުގެ ގޮތުގައިވެސް އެތައް ފައިސާއެއް ދޫކޮށްފައިވާކަމަށް ފާޙަގަކޮށް ވިދާޅުވީ، އުސޫލެއް ނެތި އެތައް މަޝްރޫއުތަކެއް މީހުންނާއި ހަވާލުކޮށްފައިވުމުގެ ސަބަބުން، ކުންފުންޏަށް ލިބެން ޖެހޭ އެތައް ފައިސާއެއް ނުލިބި އެބަހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: