ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ރައްޔިތުން ދިރިހުއްޓާ ވަޅުލާން އިސްރާއީލުގެ މޭޔަރަކު ގޮވާލައިފި

ޙައްޒާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާއިން އަތުލައިގެންފައިވާ އެތަކެއް ސަތޭކަ ފަލަސްތީނުގެ ރައްޔިތުންނެއް ދިރި ހުއްޓާ ވަޅުލުމަށް ޖަރޫސަލަމްގެ ޑެޕިއުޓީ މޭޔަރު އާރްޔާ ޔިޓްޒާކް ކިންގް އިސްރާއީލުގެ އަސްކަރިއްޔާއަށް ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އިސްރާއީލާއި ހަމާސްގެ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށިފައިވަނީ އިތުރަށް ވަރުގަދައަށެވެ. އަދި އިސްރާއީލުގެ އިސް އޮފިޝަލަކު ފަލަސްތީނުގެ ރައްޔިތުން މެރުމަށް ގޮވާލާ އަސްކަރިއްޔާއަށް ކަންކުރަންވީ ގޮތުގެ އިރުޝާދުތައްވެސް ދީފައިވާކަމަށް ބުނެފައިވެއެވެ.

އެގޮތުން އެ ގައުމުގެ މޭޔަރެއްގެ އިތުރުން ސިޔާސީ އިސްވެރިއެއްކަމަށްވާ ކިންގް ވަނީ މުސްލިމުންނަށް ނާޒީންގެ ގޮތުގައި މުހާތަބުކޮށް ނައްތާލަންޖެހޭކަމަށާއި އެ މަސައްކަތްތައް އަވަސްކޮށް އިތުރަށް ވަރުގަދަ ކުރަންޖެހޭކަމަށްވެސް އެކްސްއެއްގައި ބުނެފައެވެ. މީޑިއާތަކުން ބުނާގޮތުން އޭނާ އެ ވާހަކަތައް ދެއްކީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންތަކަކަށް ލާއިންސާނީ ގޮތަކަށް އަމަލުކުރަނިކޮށް ފެނިގެންދާ ވީޑިއޯއަކަށް އަލިއަޅުވައެވެ.

އެކްސްގެ އުސޫލުތަކާއި ހިލާފުވުމުން އޭނާގެ ޕޯސްޓު މިހާރު ޑިލީޓްކުރެވިފައިވާނަމަވެސް، މީޑިއާތަކުން ބުނާގޮތުން އޭނާވަނީ އިހުތިޔާރު އޮތް ކަމެއް ނަމަ ބުލްޑޯޒަރު ފަދަ ތަކެތި ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން ވަޅުލާނެކަމަށް ބުނެފައެވެ.

ހައްޔަރުގައި ތިއްބާ ވީޑިއޯއިން ފެނިގެންދަނީ ހަމާސްގެ ހަނގުރާމަވެރިންކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ. އެހެންނަމަވެސް އެ ވާހަކަތައް ކަށަވަރުކުރެވިނުވާއިރު ގައިދީންގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި ނޫސްވެރިންވެސް ފެނިގެންދާކަމަށް ބުނެފައިވެއެވެ. ކިންގް ބުނެފައިވާގޮތުން ފަލަސްތީނުގައި ތިބެނީ އިންސާނުންނެއް ނޫނެވެ. އަދި އެއީ އިންސާނުންނާއި އެއް ފަދަ ޖަނަވާރުންތަކެއްވެސް ނުންކަމަށެވެ. އަދި އެއީ އިންސާނުނަށްވުރެ ދަށު ދަރަޖައިގެ ދިރުމެއްކަމަށްވެސް ބުނެފައިވެއެވެ. އޭނާވަނީ އަމަލެކްގެ ހަންދާންތައް ފޮހެލުމަށް ގޮވާލާފައެވެ.

މީޑިއާތަކުން ބުނާގޮތުން އަމަލެކްއަކީ ބައިބަލްގައި ބޭނުންކުރާ ބަހެކެވެ. އަދި ދާދި ފަހުން އިސްރާއީލުގެ ބޮޑުވަޒީރުވެސް އެ ވާހަކަތައް ދެއްކިކަމަށާއި އެގޮތުން އޭނާ ގޮވާލީ އިސްރާއީލުގެ އެންމެ ކުރީގު ދުޝްމިނުންނާއި ގުޅުން ހުރި ހުރީހާ އަންހެނުންނާއި ފިރިހެނުންނެއްގެ އިތުރުން ކުޑަކުދިންނާއި ދިރޭ ތަކެތިވެސް ނައްތާލުމަށްކަން ފާހަގަކުރެވެއެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: