އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމަށް ހުރަހެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކި ދުވަސްވަރު ހިނގާކަންކަންކަމަށެވެ.
2/2 ރައީސް @MMuizzu ގެ އެއްމެއިސްކަންދެއްވާސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނުދުވަސްވަރުންފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުމަށްފަހުވެސް ބައްލަވަމުންއައީ ރައްޔިތުންގެ ފްޑްސެކިއުރިޓީޤާއިމްކުރުން. އިންޝާ ٱللَّٰه އެކަންކާމިޔާބުކުރާނީ ދެމެހެއްޓެނިވަށާޖެހޭ ހައްލަކާއިއެކު.
— Mohamed Saeed (@em_saeed) December 9, 2023
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެއްމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން، ރައީސް އޮފީހާއި ރަސްމީކޮށް ހަވާލުމަށްފަހުވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ޤާއިމްކުރުންކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒު ހުރީ، ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާއިއެކު އެކަން ކާމިޔާބު ކުރުމަށްކަމަށެވެ.
ޕީޕީއެމް/ޕީއެންސީއިން އިދިކޮޅުގައި އޮތްއިރު، އަސާސީ ބޭނުންތަކަށް މުހިންމު ތަކެތި ރާއްޖެ އެތެރެކުރެވެން ނެތްކަމަށް ބުނެ ވާހަކަތައް ދެއްކެވިއެވެ. ރާއްޖޭގެ ރިޒާވުގައި އެއް މަސްދުވަހުގެ ކާޑު ގަތުމަށް ބޭނުންވާ މިންވަރަށް ފައިސާ ނެތްކަމަށްވެސް އޭރު ބުންޏެވެ.

