އިގްތިސާދު އެއް ސިނާއަތުގެ މައްޗަށް ބަރޯސާ ނުކުރަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ވިސްނުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވަނީ ރައީސުލްޖުމުހޫރިއްޔާ އުފައްދަވާފައިވާ ވިސިޓާރ އިކޮނޮމިކް ކައުންސިލު އެކުލަވާލުމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ކައުންސިލަކީ ރާއްޖެ ފަދަ ގައުމުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކައުންސިލެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދާއިރާތައް އިތުރުކޮށް ފުޅާކުރުމަށް ރައީސް މުއިއްޒު ވިސްނުންފުޅު ގެންގުޅުއްވާކަމަށާއި އެއް ދާއިރާއަކަށް ބަރޯސާ ވާގޮތަށް އޮތުމާއި އެމަނިކުފާނުގެ ވިސްނުންތައް ދެކޮޅުކަމަށްވެސް ހާމަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓުއަރިޒަމްއަކީ ދިވެހިރާއްޖޭގެ މައި އިގްތިސާދީ ސިނާއަތުނަމަވެސް އޭގެ އިތުރުން އެހެނިހެން ދާއިރާތައް އުފެއްދުމާއި ފަތުރުވެރިކަންވެސް އިތުރަށް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވިސްނުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވިސިޓާރ އިކޮނޮމިކް ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކާއި މިނިސްޓްރީތަކަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނާއި އެ ފެންވަރުގެ ބޭފުޅުންކަމަށެވެ.

