ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟
ތުރުކީއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެކުލަވާލުމުގެ މަސައްކަތް ރާއްޖެއިން ފަށައިފިއެވެ.

މިކަމުގެ ފުރަތަމަ ބައްދަލުވުމުން އިއްޔެ ރާއްޖޭގައި ބާއްވާފައިވާއިރު، މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނުކަމެއްކަމަށެވެ. އެ ގައުމުގެ އިސް ބޭފުޅުންނާއިއެކު މި މަޝްވަރާތައް ކުރެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެއަށްފަހު އެމަނިކުފާނު ގެންދަވަނީ ތުރުކީއާއި ގާތް ގުޅުމެއް ބާއްވަމުންކަމަށްވާއިރު، ރާއްޖޭގައި ތުރުކީގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސްއަކީވެސް ތުރުކީގެ އެހީއެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ތުރުކީއިން އެތެރެކުރުމަށްވެސް އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.

ރާއްޖެއަށް ތުރުކީއިން ދޭ ސްކޯލަރޝިޕްގެ ފުރުސަތުތައް އިތުރުކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: