ގިނަ އަދަދެއްގެ ރިކުއެސްޓް އާއި އެކު އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު ލިމިޓަޑް ސްލޮޓާއި އެކު މިއަދު ހުޅުވާލައިފިއެވެ.
5000 އަށްވުރެ ގިނަ ބައިވެރިން މި އުފާވެރި ދުވުމުގައި މިހާރުވެސް ބައިވެރިވާނެ ކަމަށް ބެލެވޭއިރު ރަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދުވުންތެރިންނަށް މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރު ކޮށް މޫލީ މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ.
- 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ އެވެ.
- 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ އެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 22 ޑިސެމްބަރު 2023 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ވަނީ ދައުވަތު އަރުވާފަ އެވެ.
6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
މިއަހަރު ގެ ރަން އަށް ތަފާތު އަދި މަޖާ ކަމެއްގެ ގޮތުގައި އުރީދޫއިން ބައިވެރިންނަށް ބިބް ކަސްޓަމައިޒްކޮށް ބިބް ގައި ބޭނުންނަމެއް ޖެހުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ނަމަވެސް ދުވުމުގެ ތާރީހު ގާތްވެފައިވާތީ ބިބް ކަސްޓަމައިޒޭޝަން ގެ ފުރުސަތު މިހާރު ވަނީ ބަންދުކުރެވިފައެވެ.

