ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެ ދެކޮޅަސް ހަނގުރާމަ ހުއްޓައެއް ނުލާނަން: އިސްރާއީލު

ޣައްޒާގެ ސަރަހައްދެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ އެއްބާރުލުން ނުލިބުނަސް ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އިސްރާއީލުން ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން އިސްރާއީލުގެ ފޮރިން މިނިސްޓަރު އީލައި ކޮހެންވަނީ ހަނގުރާމަ ނިންމާނުލާނެކަމަށް ބުނެފައެވެ. އަދި މިވަގުތު ހަނގުރާމަ ހުއްޓާލުމަކީ ޓެރަރިސްޓު ޖަމާއަތަކަށް ހަދިޔާއެއް ދިނުންކަމަށާއި، އެކަމުގެ ސަބަބުން އަލުން އެނބުރި އައިސް އިސްރާއީލުގެ ރައްޔިތުންނަށް ހަމަލާ ދިނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބުނެފައިވެއެވެ.

ދާދި ފަހުން އދގެ އާންމު މަޖިލީހުގައި ނެގި ވޯޓަކުން ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަށް ނިންމާފައިވެއެވެ. އަދި އިސްރާއީލު އެންމެ ގާތް ބައިވެރިޔާކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އެ ގައުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ގެއްލެމުންދާކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންތަންޔާހޫ އާއި ހިއްސާކޮށްފައިކަމަށްވެސް ރިޕޯޓުގައިވެއެވެ.

ބައިޑެން ވިދާޅުވީ، އިސްރާއީލަށް ޔޫރަޕިއަން ޔުނިއަންގެ އެއްބާރުލުން އޮތްކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން އެ ގައުމަށް ތާއީދުކުރާ ނަމަވެސް އެ ގައުމުން ބެލުމެއް ނެތި ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ އެއްބާރުލުން ގެއްލެމުންދާކަމަށް ފާހަަގަކުރެއްވިއެވެ.

މީޑިއާތަކުން ބުނާގޮތުން، އިސްރާއީލުގެ މިލިޓަރީ ކެމްޕެއިންތަކުގެ ސަބަބުން އުތުރު ޣައްޒާ އޮތީ އެއްކޮށް ސުންނާފަތިވެފައެެވެ. އަދި މިހާތަނަށް 18،000 އަށްވުރެ ގިނަ ފަަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާކަމަށް އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ރިޕޯޓުކުރާއިރު، 2.3 މިލިއަންގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާކަަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ކޮހެންވަނީ ކަނޑު ދަތުރު ކުރުމަށް ބޭނުންކުރާ މަގުތައް ރައްކައުތެރިކުރުމަށް ފިޔަވަޅުތައްެ އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. އޭނާ އެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލާފައިވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލަށް ބަނދަރުކުރުމަށް މިސްރާބު ހިފާފައިވާ އުޅަނދުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރުތައް ދީފައިވަނިކޮށްކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 57%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: