ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ސޮއި ހަމަ ކުރަނީ

ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއި ހޯދުމުގެ މަސައްކަތް މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް (ޓޮމް) ފައްޓަވައިފިއެވެ.

އެފްއޭއެމްގެ ރައީސްކަންވެސް ކުރައްވާފައިވާ ތާރިގު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލަ ހުށައެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައިކަމަށެވެ. އަދި ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުންކަމަށް ތާރިގު ވިދާޅުވިއެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ފުލުހުން ވަނީ އެފްއޭއެމް ބަލާ ފާސްކޮށްފައެވެ. މިކަމާއި ގުޅިގެން ޕީޖީއިން ކޮށްފައިވާ އަމުރުގައި ވަނީ ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާއި މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާކަމެއްކަމަށެވެ.

ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ އެފްއޭއެމްއިން، މެނޭޖަރުންނާއި ކޯޗުން އަަދި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. އަދި ގައުމީ ޓީމު މޮޅުވި މެޗަކުން، ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން އެ މައްސަލަ ވެސް ފެންމަތިވީއިރު،  ކްލަބްތަކާއި، ވިޔަފާރި ކުންފުނިތަކަށް އެފްއޭއެމް އިން ދޭން ޖެހޭ ފައިސާވެސް ނުދީ އޮތްކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން އެފްއޭއެމް އިން އޭޑީކޭ ހޮސްޕިޓަލަށް ދައްކަންޖެހޭ 1.7 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން އެކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެއްމަސްދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: