ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ރައީސަކަށް ޓޮމް ކުރިމަތިލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެސޯސިއޭޝަން އިންތިޚާބުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވާދަކުރައްވަން ނިންމައި ފޯމު ހުށަހަޅައިފިއެވެ.

އޭނާ ވާދަކުރައްވަނީ އެފްއޭއެމްގެ ރައީސްގެ މަޤާމަށެވެ. މީގެ ކުރިންވެސް 3 ފަހަރަކު ޓޮމް ވަނީ މި މަޤާމަށް ކުރިމަތިލައްވާފައެވެ.

އެފްއޭމްގެ ރައީސްކަމުގައި ހުންނެވި ބައްސާމް އާދިލް ޖަލީލް މަޤާމު ގެއްލުމާއި ގުޅިގެން މި މަޤާމު ވަނީ ހުސްވެފައެވެ. ޓޮމްއަކީ މީގެކުރީގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ތޯރިގު މިއަދު ފޯމް ހުށަހަޅާފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އަދި ވެލެންސިއާއިން އޭނާގެ ނަން ނޮމިނޭޓް ކުރުމުންނެވެ. އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް އިންތިޚާބުގައި ބައިވެރިވެވޭނީ ރާއްޖޭގެ ފަސްޓް ޑިވިޝަންގައި ހިމެނޭ ތިން ކްލަބެއް އެފަރާތެއް އެންޑޯޒްކޮށްގެންނެވެ.

2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސަކަށް ޓޮމް އިންތިހާބު ކުރެވުނު ނަމަވެސް އެ މަޤާމުގައި އޭނާ ހުންނެވީ 4 މަސްދުވަހުގެ މުއްދަތަކަށެވެ. އެފަަހަރު ޓޮމް ވަނީ އެކްސްކޯއަށް ނާންގާ އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މަޤާމުން ވަކިކުރައްވާފައެވެ. އެކަމުގެ ސަބަބުން އެކްސްކޯގެ ފަސް މެންބަރުން ވަނީ އެއްފަހަރާ އިސްތިއުފާ ދެއްވާފައެވެ. ހަމަ އެއަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ޓޮމް ވާދަކުރެއްވި ނަމަވެސް، އޭނާ ބަލިކޮށް، އެފްއޭއެމްގެ ރައީސްގެ މަޤާމަށް ބައްސާމް ހޮވުނެވެ.

އެފްއޭއެމްގެ އިސްވެރިންނާއި ދެކޮޅަށް ފުލުހުންނާއި ޕީޖީ އޮފީހުން މައްސަލައެއް ބަލަމުން ގެންދާއިރު، އަންނަ ޖެނުއަރީ މަހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރާނެ ކަމަށް ބައްސާމް ވަނީ އިއުލާނުކޮށްފައެވެ. އަދި ބައްސާމްގެ އިތުބާރު ނެއްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ހުށައަޅަން ޖެހޭ ސޮއެ، މަހިނބަދޫ ދާއިރާގެ މެންބަރ އަދި ކުރީގެ އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގް އިސްވެ ހުންނަވާ ވަނީ ހަމަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: