ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއޯއައިޖީގައި ބައިވެރިވާން އުރީދޫއިން ޕާރާ ސްޕޯޓްސްއަށް އެހީތެރިވެދީފި

ގޯލްޑް މެޑަލް ހޯދުމުގެ އަޒުމުގައި ޕާރާ ސްޕޯޓްސްއިން އައިއޯއައިޖީގައި ބައިވެރިވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ރަން މެޑަލް ހޯދައިދިމުގެ އަޒުމުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވުމަށް ޕާރާ ސްޕޯޓްސްއަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އައިއޯއައިޖީއަކީ ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ކޮންމެ ހަތަރު އަހަރަކުންނެވެ.

ޕާރާ ސްޕޯޓްސްގެ ފަރާތުން ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޕާރާ ސްޕޯޓްސްގެ އޮފިޝަލް އެފްބީ އައިޑީއަށް މެސެޖުކުރުމަށް ވަނީ އެދިފައެވެ.

2019 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ޕާރާ ސްޕޯޓްސް ކްލަބްގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމެވެ. ޕާރާ ސްޕޯޓްސްގެ އެތްލީޓުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެ، ލޮލަށް ނުފެންނަ މީހުންގެ ކެޓަގަރީއިން ބްރޯންޒް މެޑަލް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރާއި، 2023 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ބައިވެރިވެ، 2 ބްރޯންޒް މެޑަލް ހޯދާފައިވެއެވެ. ޕަރަލަމްޕިކް 2020 ޓޮކިޔޯގައިވެސް ޕާރާ ސްޕޯޓްސްގެ ބައިވެރިވިއެވެ.

އުރީދޫއަކީ މުޅި މުޖުތަމައުއަށް ފޯކަސްކޮށްގެން ހިންގަމުން އަންނަ ކުންފުންޏަކަށްވާއިރު، އުރީދޫއިން އަންނަނީ މިފަދަ ކަންކަމުގައި އެއްބާރުލުންދީ، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ފަރާތްތަކުގެ އަޑު މުޖުތަމައުއަށް އުފުލައިދިނުމުގައި އުރީދޫއިން އަންނަނީ އެހީތެރިވަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: