ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓި އޮތީ ސިޔާސީ ޕާޓިތަކުގެ އަޅުވެތިވެފައި، މިކަން ނިންމާ ރައްޔިތުންނަށް ހައްލު ގެނެސްދޭނަން: ޝުއައިބު

މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބް އަލީ "ސަންގު ބަހުސް" ގައި. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތައްވެސް އޮތީ ސިޔާސީ ޕާޓީތަކުގެ އަޅުވެތިކަމުގައިކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބް އަލީ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި “ސަންގު ޓީވީ” އިން ބޭއްވުމަށް ހަމަޖެއްސި ބަހުސްގެ ފުރަތަމަ އެޕިސޯޑް މިރޭ ވަނީ ބެލުންތެެރިންނަށް ގެނެސްދީފައެވެ. މިރޭގެ އެޕިސޯޓުގައި ބަހުސް ހާއްސަކޮށްފައިވަނީ “ބޯހިޔާވަހިކަމަށް” ށެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ޝުއައިބު ވަނީ އޭނާގެ ސިޔާސީ ހަޔާތް އެމްޑީޕީއިން ފެއްޓެވި ގޮތް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ގެނައުމުގައި އާއި، އެއަށްފަހު ދެން ކަންވެގެން ދިޔަ ގޮތްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މާލޭގައި ހުރި މައްސަލަތަކަށް ބޭނުންވާ ހައްލު އެނގިވަޑައިގަންނަވާކަމަށް ޝުއައިބު ވިދާޅުވިއެވެ.

މާލެ ތަރައްގީކޮށް، ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމުކަމެއްގެ ގޮތުގައި ޝުއައިބު ފާހަގަކުރެއްވީ ސިޔާސީ އަޅުވެތިކަމުން މިންޖުކުރުމެވެ. މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ތިއްބެވީ ޕާޓީތައް ތަމްސީލު ކުރައްވާ ބަޔަކުކަމަށް ސިފަ ކުރައްވާ، އެބޭފުޅުން ރައްޔިތުން ތަމްސީލު ނުކުރައްވާނެކަމަށް ޝުއައިބު ދޭހަކޮށްދެއްވިއެވެ.

ޝުއައިބު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ޕާޓީތަކުގެ ޖަގަހައަކަށް މާލެ ވެގެންނުވާނެކަމަށެވެ. އެހެންކަމުން އޭނާއަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކޮށް، ޝުއައިބު ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ސިޔާސީ ފިކުރު އެއް ފަރާތްކޮށްގެންނެވެ. އޭނާ މޭޔަރުކަމަށް ވަޑައިގެން މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްކަމަށާއި، އެކަމަށް ބޭނުންވާ ޕްލޭން އޭނާގެ އަތުގައި އެބައޮތްކަމަށް ޝުއައިބު ވިދާޅުވިއެވެ.

އަޅުގަނޑުމެން ކުރީގައިވެސް އުޅުން ގޮތަށް މިކަން ކުރެވޭނީ، މިކަން ކުރަން ދަންނަ މީހަކާއި މާލެ ސިޓީ ހަވާލުވެގެން. މިއުޅެނީ ސަރުކާރު ހިންގާކަން ނޫން. މިއުޅެނީ ދިވެހިން ކުރީގައިވެސް އުޅުން ގޮތަށް ގެންގުޅެންވެގެން. މިއުޅެނީ ގޯތި ދީފަ ގެ އަޅާފަ، އެ ގޭގައި ރީތި ދިރިއުޅުމެއް އުޅެންވެގެން.

ޝުއައިބު ވިދާޅުވިއެވެ

ޝުއައިބު ވިދާޅުވީ އޭނާއަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި އަދި ހަމައެއާއިއެކު ސިޔާސީ ޕާޓީތަކުގައި މަސައްކަތްކުރުމުގެ ގާބިލްކަންވެސް ހުރި މީހެއްކަމަށެވެ. މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ވަރަށް ބޮޑަށް ފެއިލްވެފައިވާ ބޭފުޅުން އެބަތިއްބެވިކަމަށް ފާހަގަކޮށް ޝުއައިބު ވަނީ ދެން ތިއްބެވި ކެންޑިޑޭޓުންނަކީ ކޮންމެސް ސިފައެއްގައި ރައްޔިތުންނަށް އެބޭފުޅުންގެ ހިދުމަތް ތަޖުރިބާ ކުރެވިފައިވާ ބަޔަކުކަމަށް ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ޝުއައިބު ވިދާޅުވީ ކުލީގެ އަޅުންނަށް ހެދުމަކީ އޭނާ ގަބޫލުކުރާ ސިޔާސަތެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ގޯތި ވަޒަންވެރި ކުރެވޭނެ ގޮތް އޮންނަޖެހޭނެކަމަށް ޝުއައިބު ވިދާޅުވިއެވެ. އާ ގޮތްތައް މާލެއަށް ބޭނުން ނުވާކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ މީގެ ކުރިން ދިވެހިން އުޅެމުން އައި ގޮތްކަމަށް ޝުއައިބު ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަން ދޭން ވާނީ ތަޖުރިބާ ހުރި ކަން ކުރެވޭނެ މީހަކަށްކަމަށް ފާހަގަކޮށް، ޝުއައިބު ވަނީ މާލެއަކީ މިނިވަން ތަނަކަށް ހެދުމަށް އޭނާއަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: