ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބިން ބޭނުން ކުރަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓެއް ހެދުމަށް އާޒިމްގެ ވައުދު!

މާލެ ސިޓީގެ މޭޔަރކަމަށް ވާދަކުރުމަށް، އެމްޑީޕީގެ ޓިކެޓު އާޒިމްއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބިން ބޭނުން ކުރަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓެއް ހެއްދެވުމަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވައުދުވެވަޑައިގެންފިއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މާލޭގެ މޭޔަރކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު އޭނާއަށް ރަސްމީކޮށް ހަވާލުކުރި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާގެ ސިޔާސަތުތަކާއި ގުޅިގެން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ އިންތިހާބަށް ނިކުތީ އިންތިހާބު ކާމިޔާބު ކުރުމަށްކަމަށެވެ. އަދި މިއީ އެމްޑީޕީއަށާއި މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ އިތުރުން ހުރިހާ ދިވެހީންނަށް ކޮށްދޭކަމެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

އިންތިހާބު ކާމިޔާބުކުރެއްވިއްޖެނަމަ، ހިންގުމާއި ހަވާލުވެ އެންމެ ފުރަތަމަ ކުރައްވާނެކަމަކީ ތަން ޓްރާސްޕޭރެންޓް ކުރުންކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއީ ތަރައްގީގައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށާއި، އެކަމުގެ ސަބަބުން ކުރިއަރައިގެންދާނެކަމަށް ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ދައުލަތުގެ ބަޖެޓުން ހިންގާ ތަނެއްކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެހެންކަމުން އެ ފައިސާ، އާއި މުދާ ހޭދަކުރާ ގޮތް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭނެކަމަށެވެ.

މީގެ އިތުރުން އާޒިމް ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ބިމާއި ފްލެޓް ލިބުނު ފަރާތްތައް މަގުމަތިވިޔަ ނުދެއްވާނެކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ހައްގުވެރިންނަށް ބިމާއި ފްލެޓް ޔަޤީންކޮށްދެއްވާނެކަމަށް އާޒިމް ވިދާޅުވިއެވެ. ފުށިދިއްގަރު ފަޅު ހިއްކުމަށްވުރެ، މިހާރު ހިއްކާފައި ހުރި ތަންތަން ތަރައްގީކުރުން މާ ބުއްދިވެރިކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ފުށިދިއްގަރުފަޅަކީ ރައްޔިތުންނަށް މިވަގުތަށް އޮޕްޝަނެއް ނޫންކަމަށެވެ.

މި ވަގުތު އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލާ އަޅާފައި އެތަނަށް މީހުންނަށް ދެވޭ ގޮތް ހަދައިދޭންވީ. އެއީ ކުރަންވީ ކަމަކީ. އެއްގޮތަށް ވެސް އަނެއްކާ އަނެެއް 30 އަހަރު މިތަނުގައި މީހުން ގަނަތަޅުވަން ބައިތިއްބަން ވީ ކީ ނޫން.
އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އަދި އެކަމަށް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ޕާކްތައް ތަރައްގީކޮށް، ގޭތެރޭގައި ބަންދުވެފައި ތިބި މީހުން ނުކުމެލާނެ އިތުރު ތަންތަން ތަރައްގީކުރައްވާނެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: