ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، އިންތިހާބީ ރައީސް ކައުންސިލްގެ ފަހު ބައްދަލުވުން ބާއްވައިފި

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ އެމަނިކުފާންގެ ފަހު ބައްދަލުވުން ބާއްވައިފިއެވެ.

އެ ބައްދަލުވުމަކީ އާންމުކޮށް ކައުންސިލުން ކުރިއަށްގެންދާ ބައްދަލުވުމާއި އެއްގޮތަށް ގެންގޮސްފައިވާ ބައްދަލުވުމެވެ. އެ ބައްދަލުވުން އެއީ މާލެ ސީޓީ ކައުންސިލްގެ 119 ވަނަ އާންމު ޖަލްސާގެއެވެ.

އެޖަލްސާގައި ބައިވެރިވެެ ވަޑައިގެންނެވި 17 މެމްބަރަކެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކައުންސިލްގެ މި ދައުރުގައި ހުރިހާ ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މާލެ ސިޓީގެ ތަރައްގިއަށް ކުރެވުނު މަސައްކަތަކ،ީ ލިބިފައިވާ ކެޕޭސިޓީ ހުރިވަރުން ކުރެއްވިފައިވާ ކަންތައްތައް ކަމަށެވެ. އެހެންކަމުން އެކަންތައްތައް ކުރުމުގައި ކައުންސިލަރުންް ދެއްވި އެއްބާރުލުމާއި، އެކަމުގައި ދެމި ތިބި ކަމަށްޓާކާއި ޝުކުރުވެރިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ މަގާމުގައި ހުންނެވުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން ޑރ. މުއިއްޒު ގެންދެވީ މާލެ ސިޓީގެ ތަރައްގީ އަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މަލެ އަކީ ހިތްގައިމުތަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: