ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އަބަދު ތިބެން ޖެހޭނީ ފިރިހެނުންނެއް ނޫން: ޑރ. މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުވެރި ސިޔާސީ މަގާމުތަކަށް އަންހެނުން ނެރުމުގައި ފުރަސަތު ލިބިދީފައިވާ މިންވަރު ހަނިކަމަށާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވަންޖެހޭނީ އަބަދު ފިރިހެނުން ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އަންހެނުންގެ ޝާމިލްވުން އިތުރުވުން ބޮޑު އިންތިހާބެއް ކަމުގައިވާންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަށް އަންހެނުން ޝާމިލުވާންޖެހޭ މިންވަރަށް ބާރުދީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ އިންތިހާބުން ހޮވިގެން ދިޔުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް ކަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް އަންހެނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެވެސް ވައުދެކެވެ. އަދި އިންތިހާބީ މަގާމުތަކަށް އަންހެނުން އިތުރު ކުރުމަށް ގާނޫނަށް ބަދަލު ގެނެސް އަންހެނުން ދައުރު ސިޔާސީ މައިދާނުގައި އިތުރުކުރުމަށް މި ސަރުކާރުންވަނީ 33 އިންސައްތަ ކަނޑައަޅާފައެވެ. ނަމަވެސް މި ދައުރުގައި ވެސް މަޖިލީހުގައި ތިއްބަވަނީ އަންހެން އެންމެ 04 މެމްބަރުންނެވެ. ކައުންސިލްތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮތަށް، މަޖިލިސް ގޮނޑިތައް ވެސް ހާއްސަ ކުރުމަށް ބައެއް ފަރާތްތަކުން ލަފާ ދެ އެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތު މިހާރުވެސް ލިބިދީފައިވާކަމަށް ގިނަ ބޭފުޅުން ވާހަކަ ދައްކަވާ ކަމަށާއި، ނަމަވެސް ހަމަހަމަ ފުރުސަތު ލިބިދީފައި އޮންނަނީ ކަރުދާހުގައި ކަމަށް ވިދާޅުވަމުން ޑރ. މުއިއްޒު ވަނީ އިންތިހާބުތަކަށް އަންހެން ކެންޑިޑޭޓުން ނެރުއްވާ އަންހެން ކެންޑިޑޭޓުންނަށް ސޮޕޮންސާ ދެއްވުމަށް ވިޔަފާރިވެރިންގެ ކިބައިން އެދިލައްވާފައެވެ.

މަޖިލީހުގެ ގޮނޑިތަކަށް ގާބިލު، އަދި އިލްމީ އަންހެނުން ކުރިމަތިލީ ނަމަވެސް އެ މީހުން އިންތިހާބު ނުވާކަމުގެ ޝަކުވާ ބޮޑުކަމަށް ވިދާޅުމުން ފާހަގަކުރެއްވީ އެކަމަށް ހައްލު ގެނައުމަށް ކުރެވޭ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަންހެނުންނަށް ހުރަސްތައް އެބަހުރިކަން ވިދާޅުވަމުން އެމަނިކުފާނު ފާހަގަކުރެއްވީ އަންހެނުންނާއި ދޭތެރޭ ސަމާލުކަމެއް ދެއްވާ ބާރުު ދޭން މަސައްކަތަކެއް ކުރަންޖެހޭ ކަމަށެވެ. އަންހެނުންނަށް ސްޕޮންސާ ދެއްވައިގެންވެސް ކުރިއަށް ވަޑައިގަތުމުގައި ހިތްވަރު އާލާކޮށް ދެއްވުމަކީ ގައުމަށް ކުރެވޭނެ މުހިންމު ކަމެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

މިގޮތަށް އަމަލުތައް ބައްޓަން ނުކުރެވިއްޖެ ނަމަ ފަހަތަށް ފިޔަވަޅު އެޅުންނޫންގޮތެއް ގައުމުގެ މުސްތަގުބަލުގައި ނުފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ގައުމަށް ހަމަޖެހުމާއި ކުރިއެރުން ބޭނުން ކަމުގައިވާނަމަ އަމަލީ ގޮތުން އެކަންކަންކޮށްދެއްވަން ޖެހޭ ކަމަށާއި، ހަމައެކަނި އެއީ ލިއުމުން ފެންނަ އެއްޗެއްގެ ގޮތުގައި ބާރުވެރިކަން އޮންނަން އޮތުމަށް ބަދަލު ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: