ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ސަރުކާރުގައި އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް އަންހެނުން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އިސް އެކި މަގާމުތައް ހިމެނޭހެން، އެސްއޯއީގެ އަށް ކުންފުންޏެއްގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރާނީ އަންހެނުންކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ގުންޒަރު ނަމުގައި ނޫސްވެރިންނާއި ބައްދަލުކޮށް ރޭ ސޯޝަލް ސެންޓަރުގައި މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް އައްޔަނު ކުރީ ދެ މީހުން ކަމަށެވެ. ގިނަ އަންހެނުންނަށް ފުރުސަތު ދިނުމުގެ ސިޔާސަތުގެ ދަށުން، އަންހެނުންނަށް މަގާމުތައް ދީ ބާރުވެރިކުރުވުމުގެ ވިސްނުން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ސަރުކާރު ހިއްސާވާ 08 ކުންފުންޏަކަށް އައްޔަނު ކުރާނީ އަންހެނުން ކަމަށެވެ.

ރާއްޖޭގެ އެކި މީޑިއާތަކުން ގިނަ ނޫސްވެރިންތަކެއް ބައިވެރިވި އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކުރުމަށް ހަމަޖެހިފައި ވަނީ އަންހެނެއް ކަމަށެވެ.

މުއިއްޒުގެ ކެބިނެޓްގައި ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް މިފަހުން ސޯޝަލް މީޑިއާގައި އާންމުވި އިރު އޭގެ ތެރޭގައި ވެސް ތިން އަންހެނުން ހިމެނެ އެވެ. ލިސްޓުގެ ގާތްގަނޑަކަށް 90 އިންސައްތަ ސައްހަކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ މިއީ އަދި މަދު އަދެއްކަމަށާއި، ނަމަވެސް މި އަދަދު އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ދައުލަތް ހިންގުވުމުގައި އަންހެން ކަނބަލުންނަކީ ފުރިހަމަ ހިއްސާ ދެވެން ޖެހޭނެ ބައެއް. އަޅުގަނޑުގެ ވައުދެއް މަތީ ފަޑީގައި އަންހެން ކަނބަލުނަށް މަގާމުތައް ކަނޑައެޅުން

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަންހެނުން މަޖިލީހަށް ކުރިމަތިލުމަށް ގޮވާލައްވާ ކަމަށާއި، ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ކުރިމަތިލުމަށް އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން ގިނަ ކުރަން ބާރު އެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ހޮވޭ ކޮންމެ މެމްބަރަކަށް މަޖިލީހުގެ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު މީގެ ކުރިން ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއީ ސަރުކާރުގެ ތެރިން އަންހެނުންނަށް ދޭން ބޭނުންވާ ފުރުސަތުތައް ކަމަށާއި، މިގޮތުގައި އަންހެނުން ކުރިއެރުމުގައި ދެމި ތިއްބަވާނެ ކަމަށެވެ. މިއީ ރިޔާސީ އިންތިހާބު ތެރޭގައިވެސް އެމަނިކުފާނު ވީ ބޮޑު ވައުދެއް ކަމަށާއި، އެހެންކަމުން އެ ވައުދު ހަނދާނުގައި ހުންނާނެ ކަމަށެވެ. އެހެންކަމުން ވީ ކޮންމެ ވައުދެއްވީ އެކަމެއް ކުރަން ކަމަށާއި، އެކަން ކުރާ ހިތުން ކަމަށެވެ. އެކަމެއް ކުރެވޭނެ ކަމުގެ ޔަގީން ކަމާއި އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: