ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭން ޖެހޭ: ރައީސް

މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެތައްޒަމާނެއްގެ ކުރިން ފެށިގެން ދިވެހިން ތެރޭގައި އޮތް އެއްބައެއްވަންތަ ސިފަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިއަދުގެ މުޖުތަމަޢުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫޢަވާން ޖެހޭކަން ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމާއި އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުމާއި ރަޙުމާއި ކުލުނާއި އޯގާވެރިކަން އާލާކުރުން ފަދަ ކަންކަމާއެކު ދިވެހިންގެ މާޒީން ދެކެފައިވި އެކުވެރިކަމާއި ގުޅުންތެރިކަމުގެ ރިވެތި މާޒީ އަލުން އިޔާދަވާން ބޭނުންވާކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު. ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތަޢުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ޤައުމީ ރޫޙުގައި ހަރަކާތްތެރިވެގެން.

ރައީސް ޑރ މުއިއްޒު ވިދާޅޫވިއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: