ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިލޭރިއާގެ ފެނުނު މައްސަލައިގައި ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް: ހެލްތް މިނިސްޓަރު

ކާބޯތަކެތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމާ ގުޅޭ ޤައުމީ މީސް މީޑިއާ ކެމްޕޭން 'މުކައްބަ' އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފައިލޭރިއާގެ ފެނުނު މައްސަލައިގައި ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ”މުކައްބަ“ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ފައިލޭރިއާއަކީ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއްކަމަށެވެ. ފައިލޭރިއާއަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔަކަށް ނުވާއިރު، އެ ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއްވެސް ނޫންކަމަށް ހަލީލް ވިދާޅުވިއެވެ.

މިއީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރާއްޖެއަށް އެތެރެވި ބައްޔެއްކަމަށް ފާހަގަކޮށް ހަލީލް ވިދާޅުވި ގޮތުގައި މިހާތަނަށް އަދި ދިވެއްސެއްގެ ފަރާތުން މިބަލި ފެނިފައި ނުވެއެވެ.

އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިނުގަންނަވާށޭ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުން އުފެދިދާނެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ.

ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ބަލި ފެނުނު ރަށް ކުޅުދުއްފުށިން 155 ދިވެހިން ޓެސްޓު ކުރިއިރުވެސް އެއްވެސް މީހެއްގެ ފަރާތުން މި ބަލި ފެތުރިފައިނުވާކަމަށެވެ. ހަލީލް ވިދާޅުވީ މަދިރީގެ ފަރާތުންވެސް މި ބަލި ފެތުރެނީ ވަރަށް ގިނަ ފަހަރު ހެފުމުންކަމަށެވެ. ބައްޔަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ބައްޔަށް ޓެސްޓު ކުރެވޭނެ ކިޓާއި ބޭސް ރާއްޖޭގައި އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި އިތުރަށް މި ތަކެތި ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ހަލީލް ވިދާޅުވިއެވެ. ޖުމްލަ 600 އަށް ވުރެ ގިނަ މީހަކު މިހާރު ވަނީ ފައިލޭރިއާ އަށް ޓެސްޓް ކޮށްފައެވެ.

ހަލީލް ވިދާޅުވީ ސަރުކާރުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންކަމަށެވެ. އެހެންކަމުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ. ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ހަލީލް ވިދާޅުވިއެވެ. އަދި މިކަމުގައި ޑަބްލިޔުއެޗްއޯ އާއި ދިވެހި ރެޑް ކްރެސެންޓުން ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި ހަލީލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެ އެތެރެވެފައިވަނީ ބިދޭސީންނަށް ވޯކްޕާމިޓް ދޫކުރުމުގެ ކުރިން މެޑިކަލް ހެދުމަށް އޮންނަ އުސޫލަށް 2020 ވަނަ އަހަރުގެ ތެރޭގައި ގެނައި ބަދަލުތަކަކާ ގުޅިގެންނެވެ. ނަމަވެސް އެކަން ހައްލުކޮށް، އުސޫލުތައް ހަރުދަނާކުރުމަށް ސަރުކާރުން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާތީ ފައިލޭރިއާގެ ބަލި ހުރި މީހަކު ރާއްޖެ އެތެރެވުމުގެ ފުރުސަތު މިހާރު ކުޑަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައިލޭރިއާ ޖެހިފައި ތިބި 32 މީހުންނަކީވެސް ބިދޭސީންނެވެ. މީގެތެރެއިން 30 މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: