ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވަރުގަދަ މެސެޖެއް؛ މި ގައުމު ކުޑަވުމަކީ، ބުލީ ކުރަން އޮތް ލައިސެންސެއް ނޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިޒުގެ ގޮތުން ރާއްޖެ ކުޑަވުން އެއީ، އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޗައިނާގެ ދަތުރުފުޅު ގާތްވެފައިވަނިކޮށް، އިންޑިއާގެ މީޑިއާތަކުގައި ކުއްލިއަކަށް ފެންމަތިވީ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ގައުމުން ލަކްޝަދީބް ތައާރަފު ކުރާކަމަށެވެ. އެއާއި އެކު ރާއްޖެއިން އެ ގައުމާއި ދެކޮޅަށް ހަރަކާތްތައް ހިންގާކަމަށާއި، އަދި ރާއްޖެއިން އެ ގައުމުން ވާ އެހީތަކަށް ޝުކުރުވެރި ނުވާކަމަށް ބުނެ ރިޕޯޓުތައް ކުރަން ފެށި އެވެ.

މި މައްސަލަ ގޯސްވެ އެކި ގޮތްގޮތުން ރާއްޖޭގެ ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތައް ވެސް އިންޑިއާގެ ބޮޑުވަޒީރަށް ބަހުގެ ހަމަލާތައް އަމާޒު ކުރި އެވެ. އެ ޓުވީޓުތައް ގޯސްވެ، އިންޑިއާގެ މީޑިއާތަކުގައި އެއްކޮށް ދެކެވެނީ އެ ވާހަކަތަކެވެ. ސިޔާސީ ޕާޓީތަކުގެ އިސްވެރިން، ވަނީ ރާއްޖެ ހިފަން ބޭނުންނަމަ އެ ފުރުސަތު ވެސް އެބައޮތްކަމަށް ބުނެފައި ވެއެވެ.

ރާއްޖެ އިންޑިއާއަށް ބަރޯސާވާކަމަށާއި، ރާއްޖެއަށް ފުރުސަތުތައް ލިބެނީ ވެސް އެ ގައުމުގެ ސަބަބުންކަމަށް ބުނެ އިންޑިއާގެ އެކި ސައިބާރ އެޓޭކްތައް ވެސް ފޮނުވި އެވެ.

ހަ ދުވަހަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން، ރައީސް ވަނީ ފުރަތަމަ ފަހަރަށް އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ނުފޫޒު ފޯރުވަން އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވޭއިރު އެ ގައުމުން ދެކޭ ގޮތުގައި އެކަންކަމަށް ރާއްޖެ އޮންނަން ޖެހޭނީ ދަށުވެފަ އެވެ.

މިއަދު ރައީސް ވިދާޅުވީ ޗައިނާ – ރާއްޖެ ދެމެދު އޮތީ ނަމޫނާ ގުޅުމެކެވެ. އެގޮތުން އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އެކު ސަރަހައްދުގެ ދިފާއުގައި ވެސް އޮންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފެށުނީއްސުރެ މިނިވަން ގައުމެއްކަމަށާއި، ރާއްޖޭގެ މިނިވަންކަން އެއްވެސް ގައުމަކަށް ނަގާނުލެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭރުގެ ގައުމުތަކާއި އެކީ ގާތް ގުޅުމެއް ބޭއްވިނަމަވެސް ރާއްޖޭގެ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުގެ ނުފޫޒު ވަނުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން މީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން.. އަޅުގަނޑުމެންނަކީ، މިނިވަން މުސްތަގިއްލު ގައުމެއް..

މިއީ ވަކި ގައުމެއްގެ މިލްކުވެރި ކަނޑެއް އޮތް ސަރަހައްދެއް ނޫންކަމަށާއި، މިއީ މި ސަރަހައްދު ނިސްބަތްވާ އަދު ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބެނީ ވަކި ގައުމަކުންކަމަށް ހީވާ ހީވުމަކީ ވެސް ކުށްހީއެއްކަމަށާއި، ރޯދަ މަހަށް ބޭނުންވާ ބާވަތްތަކަކީ ވެސް އެ މަގުން ހިންގާނެ އުސޫލެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ، ތުރުކީން ކާޑުގެ ބާވަތްތައް ލިބޭނެކަން އިއުލާނުކޮށްފަ އެވެ.

ބޭސްފަރުވާގެ ހުރިހާކަމެއް ލިބެނީ އިންޑިއާއިންކަމަށާއި، އަދި އެ ގައުމުގެ އެހީއާއި ނުލާ ބޭސް ނުކުރެވޭނެކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރަމުންދާއިރު ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ދުބާއީ، ތައިލެންޑު ފަދަ ގައުމުތަކުން ވެސް އާސަންދަ ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: