ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ އިމާރާތަކީ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ތަނެއްނޫން: މުއުތަސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިމާރާތަކީ ބާވެ މީހުން ހާޒިރުކޮށް، ޝަރީއަތްތައް ހިންގާ މަސައްކަތްކުރުމަށް އެކަށީގެންވާ ކޯޓެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ޤަޟާއީ އަހަރު 2024 އިފްތިތާހް ކުރުމުގެ ޖަލްސާގައި މުއުތަސިމް ވިދާޅުވީ ރާއްޖެއަށް ކުރި ވިއްސާރާއިގައި އެތައް ކޯޓަކަށް ގެއްލުންވެ ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓާއި، ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތާއި، ތަކެއްޗާއި ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ފެމިލީ ކޯޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް އަވަސް ހައްލެއްހޯދުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދަންނަވާފައިވާ ކަމަށާއި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން އެ ކޯޓުން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ މައްޗަށް ބިނާކޮށް އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވުނު ކަމަށްވެސް މުއުތަސިމް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފައިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހެޅާފައިވާ ކަމަށާއި އެހެން ނަމަވެސް އެ ކޯޓުގެ ޝަރީއަތްތައް ކޯޓުގެ ހާލަތާއި ގުޅިގެން މަޑުޖެހިފައިވާކަމަށެވެ. އަދި އެއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށާއި މިފަދަ ކަންކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި އޭގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

މުއުތަސިމް ވިދާޅުވީ މިހާރުވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތަށް ނެރުމަށްޓަކައި މީހުން ހާޒިރުކޮށް، ފަނޑިޔާރުން އިށީންދެވަޑައިގަންނަވާނެ ތަނަކާއި، އަދި މުވައްޒަފުން ތިއްބަވާނެ ތަނެއްވެސް ނެތްކަމަށް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ނާތީޖާ އަކީ މާލޭގައި މިވަގުތު ޖިނާއީ ހުރިހާ މައްސަލަތަކެއް ހުއްޓިފައި އޮތުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

“މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހައި ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭންޖެހޭނެ ކަމެއް” މުއުތަސިމް ވިދާޅުވިއެވެ.

ކޮންމެ މީހެއްގެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލްއެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަދުލުވެރިކަމާއެކު، ހާމަކަމާއެކު ޝަރީއަތް ކުރުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ހައްޔަރު ކުރެވޭ ހިންދުން ފެށިގެން އެމައްސަލަ ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ގަނޫނު އަސާސީން ކަނޑައަޅާފައިވާ އަސާސީ ހައްގެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: